ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޓީޗަރ (ޕްރައިމަރީ) 

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

J258566

މަޤާމުގެ ރޭންކް:

 CSll-2  ން  CS15‐ 2

ވަޒީފާ އޮތް އޮފީސް

ޝަމްސުއްދީން ސްކޫލް، ސ. މީދޫ

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަން:

އެކަޑަމިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.

2. ކިޔަވައިދޭން ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.

3. ސްކޫލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަން ޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި ލީޑިންގ ޓީޗަރަށް ދެއްކުން.

4. ސްކޫލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް "ސްކީމް އޮފް ވާރކް" ތައްޔާރުކޮށް ނިންމުން.

5. މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން.

6. ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން.

7. ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި، މާކްކުރުން.

8. ސްކޫލުގެ ދަރިވަރުންގެ އަޚްލާޤާއި ސުލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.

9. ލީޑިންގ ޓީޗަރުން އަންގާގޮތެއްގެމަތިން އިމްތިޙާންތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.

10. ކިޔަވައިދޭ ސެޝަނުގެ ކުލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން.

11. މުވައްޒަފު ނިސްބަތްވާ ހައުސް/ކްލަބް/ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެމީހެއްގެ ޤާބިލްކަން ހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން.

12. ދިވެހި ސަރުކާރުގެ ޤަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

މަޤާމުގެ ޝަރުޠު:                                             

މަޤާމުގެ

ނަން

މަޤާމުގެ

ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ

ރޭންކް

އަސާސީ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

ސިނިއަރ ޓީޗަރ

ސްކޫލް ޓީޗަރ

CS15-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ  ކިޔަވައިދޭ  މާއްދާއަށް  ޚާއްޞަކުރެވިފައިވާ ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛

9,910.00

2,500.00

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ   ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ   ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރ

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ   ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛

8,440.00

2,500.00

ޓީޗަރ

ސްކޫލް ޓީޗަރ

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

7,450.00

2,500.00

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7,070.00

2,500.00

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން.

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

އިތުރުގަޑީގެ ފައިސާ: 

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން (ތަޖުރިބާއަށް ބަލާއިރު، ޓީޗަރެއްގެ މަޤާމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.   

މަޤާމު:            

މަސައްކަތު

ކްލެސިފިކޭޝަނާއި ރޭންކް: 

ސަޕޯޓް ސްޓާފް ގްރޭޑް 1 (އެސް. އެސް. 1)

ބޭނުންވާ އަދަދު:          

1 (އެކެއް)

މަޤާމް ނަންބަރު:

J129098

ވަޒީފާ އޮތް އޮފީސް:

ޝަމްސުއްދީން ސްކޫލް، ސ. މީދޫ

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަން:

އިދާރީ

މުސާރަ:

-/3100 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ (މަހަކު)

އިތުރުގަޑީގެ ފައިސާ: 

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:                                      

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ކުރަންޖެހޭ މަސައްކަތް:

- ސްކޫލުގެ ކްލާސްރޫމްތަކާއި، އިމްތިޙާންތަކަށް ބޭނުންވާގޮތަށް ގޮނޑިމޭޒު އުފުލައި އެތުރުން.

- ސްކޫލުގައި ބާއްވާ އެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.

- ސްކޫލުގެ ފުރާޅު ސާފުކުރުމާއި، މެއިންޓަނެންސްގެ އެންމެހައި ކަންތައް ސުޕަވައިޒަރުގެ ބެލުމުގެދަށުން ކުރުން.

- ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން.

- ގޯތިތެރެއާއި މަގުމަތި ސަރަހައްދުގެ ކުނިނަގައި، ވިނަކޮށައި، ވިނަނޮޅުނައި، ގަސްތައް ކޮށައި ބެލެހެއްޓުން.

- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ސާފުކޮށް ބެލެހެއްޓުން.

- ސުޕަވައިޒަރުންނާއި ޓީޗަރުން ދަންނަވާ، ސްކޫލުގެ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ކުރުން.

- ސްކޫލުގެ ދަރިވަރުންނާއި، މުވައްޒަފުންނާއި، ސްކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން.

- ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރަށް ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 ޖަނަވަރީ 10 ވާ އާދީއްތަ ދުވަހު ޝަމްސުއްދީން ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ޝަމްސުއްދީން ސްކޫލަށެވެ.

ނޯޓް:  

- މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ޢައްޔަންކުރުމުގައި ފިރިހެނަކަށް އިސްކަންދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޝަމްސުއްދީން ސްކޫލުގެ 6895733 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

20 ރަބީޢުލްއައްޥަލް 1437

31 ޑިސެންބަރު 2015
ހޯދާ