މަޤާމް: ޗީފް އެގްޒެކެޓިވް އޮފިސަރ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
މުސާރަ: (ޕެކޭޖް) -/35,000 ރުފިޔާ
|
ސަރވިސް އެލަވަންސް: -/2,000 ރުފިޔާ
|
|
ވަޒީފާ ދެވޭ މުއްދަތު: 5 (ފަހެއް) އަހަރުދުވަސް
|
މަޤާމުގެ ޝަރުތުތައް:
|
ތަޢުލީމީ ފެންވަރު
- ގަވަނަންސް ނޫނީ ޕަބްލިކް ސެކްޓަރ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެހެން ދާއިރާއަކުން ޑިގްރީއަކާއި މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.
މަސައްކަތުގެ ތަޖުރިބާ
- ސަރުކާރުގެ އޮފީހެއް ނުވަތަ ކުންފުންޏެއް ނުވަތަ އޮފީހެއްގެ ސެކްޝަނެއް ހިންގުމުގައި މަދުވެގެން 10 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
- އަތޮޅުތައް ހިންގުމުގެ ދާއިރާގައި ޕޮލިސީ ލެވެލުގައި އަތޮޅެއްގައި ޚިދުމަތްކޮށްފައިވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
- ގިނަ ބައެއް ގޮވައިގެން މަސައްކަތްކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
- ރާއްޖޭގެ ރަށްރަށުގެ މީހުންގެ ދިރިއުޅުމާއި ތަރައްޤީގެ ޙާލަތަށް ލޯހުޅުވި، މިކަމުގެ މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވުން.
- ތަރައްޤީގެ ޕްލޭންތަކާއި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
- އދ. ގެ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކާއެކު މަސައްކަތްކުރުމާއި މުޢާމަލާތްކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
- ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ސެމިނާރުތަކާއި މަސައްކަތު ބައްދަލުވުންތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެފައިވުމުގެ ތަޖުރިބާ ލިބިފައިވުން. ނޫނީ މިފަދަ ސެމިނާރުތަކާއި މަސައްކަތު ބައްދަލުވުންތަކުގައި އޮފީސް ތަމްސީލުކުރެވޭފަދަ ފަންނީ އަދި ޢިލްމީ ޤާބިލުކަން ލިބިފައިވުމާއެކު، ރާއްޖެއާއި ރާއްޖެއިން ބޭރަށް މިފަދަ ދަތުރުކުރުމަށް ޞިއްޙީގޮތުންނާއި އެނޫންވެސް ގޮތަކުން އެއްވެސް ހުރަހެއްނެތުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރުމަށް ލާޒިމުކުރާ ކަންތައްތައް، އެ އޮތޯރިޓީގެ ބޯޑުގެ އިރުޝާދުގެމަތިން ހިންގުން.
- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގާ ގަވާއިދާ އެއްގޮތަށް އޮތޯރިޓީގެ އިދާރީ މަސައްކަތްތަކާއި، ފަންނީ މަސައްކަތް އިސްވެ ހިންގައި ބެލެހެއްޓުން.
- ޤާނޫނާއި ގަވާއިދާ އެއްގޮތައްވާގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން.
- ބަޔާންވެދިޔަ ޒިންމާތައް އުފުލުމަށް ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/5،000 (ފަސްހާސް) ރުފިޔާ ލިބޭނެއެވެ.
|
މަތީގައިވާ މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:
|
މަތީގައިވާ މަޤާމަށް މީހުން ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިންބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބޭ ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
- ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
- ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)
|
ސުންގަޑި:
|
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިޔުންތަކާއެކު، 2016 ޖަނަވަރީ 12 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، ފުރަތަމަ ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބެން ހުންނާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައި، ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
- އިތުރު މަޢުލޫމާތު، މި އޮތޯރިޓީގެ 3013116 ނަންބަރު ފޯނުންނާއި 3006724 ނަންބަރު ފޯނުން ސާފުވާނެއެވެ.
|