ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
5 |
ބޭނުންވާ އަދަދު |
- |
މަޤާމުގެ ނަމްބަރު: |
ރިލީފް ޓީޗަރ |
މަޤާމު: |
ތ. ގާދިއްފުށި |
ވަޒީފާ އަދާކުރަންޖެހޭ ރަށް: |
ތ. ގާދިއްފުށީ ސްކޫލް |
އޮފީސް: |
ސަރވިސް އެލަވަންސް |
މަޤާމުގެ އަސާސީ މުސާރަ |
ޝަރުޠު |
ކްލެސިފިކޭޝަން |
ރޭންކް |
މަޤާމް |
1500 |
4000 |
ހ- ކިޔަވައިދިނުމުގެ ދާއިރާއިން ސެޓްފިކެޓް ހާސިލުކޮށްފައިވުން. |
- |
- |
ރިލީފް ޓީޗަރ |
4000 |
ށ- ގްރޭޑް 10 ނިންމައި، ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުގެ ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް. އެސް. ސީ. އިމްތިޙާނުގެ ދިވެހިން "ސީ" ފާސްލިބިފައިވުން. |
||||
3565 |
ނ- ގްރޭޑް 10 ނިންމާފައިވުން. |
||||
- ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. - ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޓީޗަރުންނާއި، ސްކޫލާމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން. - ޤައުމީ މަންހަޖާ އެއްގޮތަށް އުނގައްނައިދިނުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން. - ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން. - ކުދިންގެ ކިބައިގައި ދީނީ، އަޚްލާޤީ ސިފަތައް އަށަގެންނެވުން. - ވަށާޖަހާ ތަޢުލީމަކަށް މަގުފަހިވާނެހެން އިތުރު ހަރަކާތްތައް ރާވައި ހިންގުން. - މުދައްރިސުންގެ މަސައްކަތުގެ ފެންވަރުބަލާ މޮނިޓަރކުރުން. - ދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން. - ލޯކަލް އިމްތިޙާންތަކާއި އިންޓަނޭޝަނަލް އިމްތިޙާންތަކުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުން. - ޓީޗަރުންނާއި އެޗް އޯޑީންގެ މަސައްކަތްތައް ބަލައި، އޮބްޒާވްކޮށް، ފަންނީގޮތުން ދޭންޖެހޭ ލަފަޔާއި އިރުޝާދުދިނުން. - ކިޔަވައިދިނުމާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ރެކޯޑްތައް އެއްކޮށް، އެ ރެކޯޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. - ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ތަފާތު ޕްރޮގްރާމްތައް ޓީޗަރުންނާއި އެޗް އޯޑީން މެދުވެރިކޮށް ރާވައި ހިންގައި ބެލެހެއްޓުން. - އެކި މާއްދާތަކުން ދަށްކަމަށް ފާހަގަކުރެވޭ ކުދިންނަށް ރިމީޑިއަލް ޕްރޮގްރާމްތައް ރާވައި، ޓީޗަރުން މެދުވެރިކޮށް ހިންގައި، ބެލެހެއްޓުން. - ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ރަނގަޅުކުރުމަށް ތަފާތު ހަރަކާތްތައް ރާވައި، ހިންގުމާއި، ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކުގައި ފިޔަވަޅު އަޅައި، ރެކޯޑް ބެލެހެއްޓުން. - ކަނޑައެޅޭ އުސޫލެއްގެމަތިން ކޯޑިނޭޝަން މީޓީންގތައް ބާއްވާ މުދައްރިސުންގެ މަޝްވަރާއާއެކު ނިންމޭ ކަންތައްތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުމާއި، ކިޔަވައިދިނުމާ ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން. - ސްކޫލުގެ ކޯކަރިކިއުލަރ ހަރަކާތްތައް އެކަޑަމިކް ކަލަންޑަރުގައިވާގޮތުގެމަތިން ރާވައި ހިންގުމަށް މަސައްކަތްކުރުމާއި، މިކަމާގުޅޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން. - ދަރިވަރުންގެ ލީވިންގ ސަޓިފިކެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަކުރުވައި، އެ މަޢުލޫމާތު ޗެކުކޮށް ޕްރިންސިޕަލާ ހަމައަށް ގެންގޮސްދިނުން. - ކޮންމެ ޓާރމެއް ނިމުމުން، ބެލެނިވެރިންނަށް ފީޑްބެކް ދިނުމަށް ބޭއްވޭ ބައްދަލުވުންތައް ބޭއްވުމާއި، ފީޑްބެކް ފޯމުތައް ތައްޔާރުކުރުވުމާއި އެތަކެތި ބެލެހެއްޓުން. - ދަރިވަރުންގެ ރެކޯޑް ފައިލްތައް ޤަވައިދުން ބެލެހެއްޓުމަށް ޓީޗަރުންނާއި ހަވާލުކޮށް އެތަކެތި ޤަވައިދުން ބަލަހައްޓާތޯ ބަލައި ޗެކްކުރުން. - އިތުރުގަޑީގައި މުވައްޒަފުން ކުރާ މަސައްކަތް (ހަވާލުވެފައިވާ މުވައްޒަފުންގެ) ބަލައި، ޗެކްކުރުން. - ޓީޗަރުންގެ އެޕްރައިޒަލް ފޯމްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރަމުން ގެންދިއުމާއި، މާރކްސް ދިނުމާއި، މާރކްސްތައް އޭގެ ވެރިފަރާތަށް ކިޔައިދީ، އޭނަގެ ސޮއި ހޯދުމާއެކު، އެޕްރައިޒަލް ފޯމް ފުރިހަމަކޮށް ނިންމައި، މުވައްޒަފުންނާބެހޭ ސެކްޝަނަށް ހުށަހެޅުން. - ކިޔަވައިދިނުމާ ބެހޭގޮތުން ބެލުމަށް ވަޒީފާ ބަޔާނުގައި ހިމަނާފައިވާ ކަމަކާ ގުޅިގެން ސްކޫލް ބޯޑް، ޕީ.ޓީ.އޭއިން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން، ބެލެނިވެރިންނާއި ނޫސްވެރިން، މީޑިއާ ފަދަ ތަނަކުން މަޢުލޫމާތެއް ބޭނުންވެއްޖެނަމަ، އެކަމެއް ހިނގާގޮތާއި، ހިނގަމުންދާގޮތުގެ ފުރިހަމަ މަޢުލޫމާތު ތައްޔާރުކުރާ ޕްރިންސިޕަލްގެ ހުއްދައާއެކު ދިނުން. - ކިޔަވައިދިނުމަށް ސްކޫލުގައި ލިބެންހުރި އެކިއެކި ވަސީލަތްތައް، ދަރިވަރުންނާއި ޓީޗަރުން ބޭނުންކުރުމުގައި އޭގެ އެންމެ ފައިދާހުރި ޚަރަދުކުޑަ ގޮތްގޮތަށް ބޭނުންކުރުމަށް މަޢުލޫމާތުދީ، ހަނދާންކޮށްދެމުން ގެންދިއުން. - ލައިބްރަރީން އަނބުރާ ދައްކާގޮތަށް ދޫކޮށްފައިވާ ފޮތްތައް ދިރާސީ އަހަރެއް ނިމޭއިރު އަނބުރާ ދައްކާފައި ހުރިތޯ ލައިބްރޭރިއަނުން މެދުވެރިކޮށް ޗެކުކުރުވުމާއި، އެތަކެތި އަބުރާ ނުދައްކާނަމަ، ލައިބްރޭރިއަނަށް އެތަކެތި ހޯދުމަށް އެންގުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
||||
ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް: |
||||
1. ތަޢުލީމާއި ތަމްރީން. 2. މަސައްކަތު ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
||||
1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) 3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން. 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
||||
މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލުގެ އޮފީހަށް ހުށަހެޅުން. |
ހުށަހަޅަންވީ ގޮތް: |
||||
2016 ޖަނަވަރީ 10 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ތ. ގާދިއްފުށީ ސްކޫލުގެ އިދާރާއަށެވެ. |
ސުންގަޑި: |
||||
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިޔު ކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކެވެ. - އިންޓަވިޔު އޮންނާނީ، 2016 ޖަނަވަރީ 11 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލުގެ އިދާރާގައެވެ. - އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780570 ނަންބަރު ފޯނާއެވެ. |
އިތުރު މަޢުލޫމާތު: |
20 ރަބިީޢުލްއައްޥަލް 1437