ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްހާޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުން:

1447 ވަނަ އަހަރުގެ އަޟްހާޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުން:

 

މިއިދާރާއާއި ، ރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކާއި ، ފ.ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ،ރަށުގައި ހަރަކާތްތެރިވާ ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން 1447 ވަނަ އަހަރުގެ އަޟްހާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ޢީދު ފާހަގަ ކުރުމުގެ ގޮތުން ނިލަންދޫގައި ހުރި ސަރުކާރުގެ އެކި އެކި މުވައްސަސާތަކާއި، ކުންފުނިތަކާއި، ކުލަބު ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޭއްވުމަށް ނިންމާފައިވާ ކުޅިވަރު ތަކަކީ:

  1. ބޮނޑި: (ދެޖިންސަށް ވަކިން)
  2. ވާދެމުން: (ހަމައެކަނި އަންހެން)
  3. ބައިބަލާ: (ހަމައެކަނި ފިރިހެން)

ވީމާ މިމުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކޮށް 2026 މޭ 21 ވަނަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތްތަކުގައި ޤަވައިދާއި، ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖް އަދި ވެބްސައިޓުން ލިބެންހުންނާނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

06 މޭ 2026

06 މޭ 2026
ހޯދާ