ދިވެހިރާއްޖެ
އަގުކޮމެޓީގެ ދަފްތަރު އެކުލަވާލުމާއި ބެހޭ:
މިކޯޓަށް ހުށަހެޅޭ އެކިއެކި މައްސަލަތަކާއި ގުޅިގެން، ގޯތިގެދޮރާއި އެހެންވެސް ތަންތަނާއި ތަކެތި އަގުކުރުމަށް ބޭނުންވާތީ، އެފަދަ ތަންތަނާއި ތަކެތި އަގުކޮށްދޭނެ ފަރާތްތައް އައްޔަންކޮށް އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 17 މޭ 2026 ދުވަހުގެ 14:00ގެ ކުރިން ލިޔުމަކުން އެކަން މިކޯޓަށް އަންގަވާ ދެއްވުން އެދެމެވެ. އަގުކުރާ ކަންކަމާއި ތަންތަނާއި ތަކެތީގެ ތެރޭގައި، ރޭނުމާއި ވަޑާންކުރުމާއި ފެންވައިރިންގ ކުރުމާއި އަތްކަންކުރުމާއި ކަރަންޓް ވައިރިންގ ކުރުމާއި އިލެކްޓްރޯނިކްސް މަސައްކަތްކުރުމާއި ރެފްރިޖަރޭޝަނާއި އެއަރ ކޮންޑިޝަންގެ މަސައްކަތްކުރުން ފަދަ ކަންކަން ހިމެނޭތީ، މީގެ ތެރެއިން އެމީހަކު ފަންނުވެރިވެފައިވާ ކަމެއް މިލިޔުމުގައި ބަޔާންކުރުން އެދެމެވެ. އަދި މިފަދަ ކަމެއްގެ ތަމްރީނު ހޯދާފައިވާ މީހެއްނަމަ، ލިބިފައިވާ ސެޓްފިކެޓުގެ ކޮޕީއެއް ހުށަހެޅުއްވުންވެސް އެދެމެވެ.
އަގު ކޮމެޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރެވޭނީ، އޭގެ ތެރެއިން އެވަގުތަކު ކުރަން ބޭނުންވާ ކަމަކާއި ގުޅޭގޮތުން އެންމެ ބޮޑަށް މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ.
އަގު ކޮމިޓީގެ މެމްބަރުންނަށް ދެވޭ އުޖޫރަ އާއި ޢިނާޔަތްތައް:
އަގު ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ ރުފިޔާ).
ޝަރުޠު:
ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން.
