ދިވެހިރާއްޖެ
މިއެސޯސިއޭޝަންގެ ގޭމް އޮފިޝަލްސް ކޮމެޓީގެ އިންތިޚާބު 3 ޖޫން 2026 ވާ ބުދަ ދުވަހުގެރޭ 21:30 ގައި އެމް.އެން.އައި.އެސް ސެމިނަރ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިއެސޯސިއޭޝަންގެ ރެފްރީސް އަދި އޮފިޝަލުންގެ ރަޖިސްޓްރީގައި ހިމެނި ވަޑައިގަންނަވާ ފަރާތްތަކުން 24 މެއި 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލް (i[email protected]) އަށް މެއިލްކުރައްވައި ރަޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުން އެދެމެވެ. އަދި މިކޮމިޓީގެ މެމްބަރުކަމަށް އެދި ކުރިމަތިލައްވާ ފަރާތްތަކުން 24 މެއި 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މެންބަރުކަމަށް ކުރިމަތިލުމަށް ހުށައަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
އިންތިޚާބު ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރެވޭ އުސޫލާއި މެންބަރުކަމަށް ކުރިމަތިލުމަށް ހުށައަޅާ ފޯމު އަދި ރެފްރީސް އަދި އޮފިޝަލުންގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ ލިސްޓެއް މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 19 މެއި 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ.
