ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

ޝެކްޝަން: ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް

އަދަދު: 1 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަނަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޕޮލިސީއާއި އެއްގޮތްވާގޮތުގެމަތިން ކުރިއަށްގެންދިއުން. އެގޮތުން، ޑިޕާޓްމަންޓްތަކުން ގަތުމަށް އެދޭ ތަކެއްޗާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ހޯދުމާއި، ސަޕްލަޔަރުންނާއި ނެގޯޝިއޭޓް ކުރުމާއި، ތަކެތީގެ އަގަށާއި ކޮލިޓީއަށް ބަލައި ޑިޕާޓްމަންޓްތަކުން ފޮނުވާ ސްޕެސިފިކޭޝަނާ އެއްގޮތްވާގޮތުގެމަތިން އެތަކެތި ގަނެ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

- ޕާރޗޭސް އޯޑަރ / ވޯރކް އޯޑަރ ތައްޔާރުކުރުން.

- ކޯޕަރޭޝަނަށް ބޭނުންވާ މުދާ ފަދަ ތަކެތި ގަތުމަށް، އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައި، ތަފާސް ހިސާބުތައް ހެދުން.

- ބިޑާއި އެއާ ގުޅުންހުރި ލިޔެކިއުންތައް ތައްޔާރުކުރުމާއި، އިޢުލާނުކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

- ޝެކްޝަނަށް ލިބޭ ސިޓީ ފަދަ ލިޔެކިއުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.

- ޕްރޮކިއުމަންޓް ޝެކްޝަނުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތަށް ރަނގަޅަށް ބެލެހެއްޓުމާއި، މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

- އެކަށީގެންވާ ބަޖެޓް މެނޭޖްމަންޓާއި، ކަލްކިއުލޭޝަންގެ ހުނަރު ހުރުން.

- އެމް. އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- މި ވަޒީފާއަށް މީހުން ހޮވުމުގައި، މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރަ:

-/5،150 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/10،750 ރުފިޔާ ލިބޭނެއެވެ.)

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މި ވަޒީފާއަށް މުވައްޒަފެއް ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރުދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން، މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ، ކުންފުނީގެ އުސޫލްތަކާ އެއްގޮތްވާގޮތުގެމަތިން ވަޒީފާ ދާއިމީކުރެވޭނެއެވެ.

ސުންގަޑި:

މި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ވަނަވަރާއި، އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީއާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު، 2016 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި މާލޭ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ www.hdc.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. 

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                        3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                             ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު:3336755                                                                              ފޯނު: 3353535   

ފެކްސް : 3335892                                                                         ފެކްސް: 3358892

04 ޖަނަވަރީ 2016
ހޯދާ