ދިވެހިރާއްޖެ
އިޢުލާން
5 ވަނަ ދައުރުގެ އިންތިޚާބީ ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވުން
މ. މުލީ ކައުންސިލަށް 5 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބާއްވާ ޚާއްޞަ ދަރުބާރު ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
ތާރީޚް |
17 މެއި 2026 (އާދީއްތަ) |
|
ގަޑި |
ހެނދުނު 9:00 ގައި |
|
ދުވަސް |
މ. އަތޮޅު ތަޢުލީމި މަރުކަޒު ހޯލު |
މި ރަސްމިއްޔާތަކީ ރަށުގެ ތަރައްޤީއާއި ކުރިމަގާ ގުޅިފައިވާ މުހިއްމު ރަސްމިއްޔާތަކަށް ވާތީ، މުލީގެ ލޮބުވެތި އެންމެހާ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
ވީމާ، މިދަރުބާރުގައި ބައިވެރިވެ ވަޑައިގެންދެއްވުމަށް 2026 މެއި 17 ވަނަދުވަހުގެ ހެނދުނު 8:50 އަށް މ. އަތޮޅު ތަޢުލީމި މަރުކަޒު ހޯލަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
