އައްޑުއަތޮޅު މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ހެލްތު އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ހުއްދަ ނަންބަރު: GS61/22-SA/2015/28

ވަޒީފާ އަދާކުރަންޖެހޭ ތަން: މަރަދޫފޭދޫ ސްކޫލް

މަޤާމުގެ ޝަރުޠު:

  1. ހެލްތުގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ހެލްތުގެ  ދާއިރާއެއްގައި  2  އަހަރުދުވަހުގެ  މަސައްކަތުގެ  ތަޖުރިބާ  ލިބިފައިވުން.  ނުވަތަ؛
  2. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ސްކޫލުގައި ފޯރުކޮށްދިނުން.

- ދަރިވަރުން ސްކޫލުގައި ތިބޭއިރު ކުއްލިއަކަށް ދިމާވާ ޞިއްޙީ ކަންތައްތަކަށް ފަރުވާދިނުން.

- ދަރިވަރުންގެ ހެލްތު ސްކްރީންގެ ކަންތައްތައް ވިލަރެސްކޮށް ބެލެހެއްޓުން.

-  ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ ޞިއްޙީ މައްސަލަތައް ފާހަގަކޮށް، އެކަމުގެ މައުލޫމާތު، ކްލާސްޓީޗަރަށާއި، ސުޕަވައިޒަރަށާއި، ސްކޫލުގެ ވެރިޔާއަށާއި، ބެލނިވެރިންނާ ހިއްސާކޮށް، އެކަމުގައި ދެވެން އޮތް އެހީތެރިކަމެއް ދިނުން.

- ސްކޫލުގެ ދަރިވަރުން ނުވަތަ ސްޓާފުން ތަމްސީލްކުރާ ކުޅިވަރު ހަރަކާތްތަކާއި، ފަސްޓްއެއިޑް ބޭނުންވެދާނެ އެހެނިހެން ހަރަކާތްތަކުގައި ފަސްޓް އެއިޑުގެ ޚިދުމަތް ދިނުން.

- ސްކޫލުގެ ދަރިވަރުންގެ ހެލްތު ރެކޯޑް ބެލެހެއްޓުން.  

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯކޮޕީތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯ ކޮޕީ.
  • ސަރުކާރުގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި: 

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ޖަނަވަރީ 12 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މަތީގައިވާ ލިއުންތަކާއެކު މަރަދޫފޭދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއުކުރުން މަރަދޫފޭދޫ ސްކޫލުގައި އޮންނާނެއެވެ. އިންޓަވިއު ކުރިއަށް ގެންދެވޭނީ، 2016 ޖަނަވަރީމަހުގެ 13 ވަނަ ދުވަހުގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދަން ގުޅާނީ، 6891531 ނަންބަރު ފޯނާއެވެ.


 20 ރަބީޢުލްއައްޥަލް 1437

31 ޑިސެންބަރު 2015
ހޯދާ