ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ސަރަޙައްދުން ކުލީ ބިން ދޫކުރުން
މިރަށުގެ ބަނދަރު ސަރަޙައްދުން ސިއްޙީ މަރުކަޒުގެ ދެކުނުން، ޢާއްމުވިޔަފަރި ހިންގުމަށް 15 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1600 އަކަފޫޓުގެ 1 ބިން އަދި ގުދަން ގަރާޖު ހެދުމަށް 1000 އަކަފޫޓުގެ 2 ބިމަށް ބީލަން ހުށަހެޅުމުވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. ބީލަން ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިފައިވާ އާންމު ފަރުދުންނަށާއި ކުންފުނި، ޖަމްޢިއްޔާ ޖަމާޢްތަކަށެވެ.
ބިމަށްއެދިހުށަހަޅާ ބީލަންކަރުދާސް 31 ޑިސެންބަރު 2015 ވަނަ ދުވަހުން ފެށިގެން 21 ޖަނަވަރީ 2015 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މިއިދާރާއިން -/500 (ފަސް ސަތޭކަ) ރުފިޔާއަށް ގަންނަން ލިބިވަޑައިގަންނަވާނެއެވެ. ބީލަންތައް ހުޅުވުން އޮންނަނީ 24 ޖަނަވަރީ 2015 ވާ އާދިއްތަ ދުވަހުގެ ހެދުނު 11:00 ގައި މި އިދާރާގައެވެ. ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުން ބީލަންތައް ބަލައި ޗެކުކުރަންދެން މަޑުކުރައްވަންވާނެއެވެ. ކުލީ ބިމަށް އެދި ހުށަހާޅާ ބީލަންކަރުދާހުގައިވާ މަޢުލޫމާތުތައް ފުރިހަމަކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ. ބީލަން ވަޒަންކުރާނީ މި އިދާރާއިން ކަނޑައަޅާ ކޮމެޓީއަކުންނެވެ. ބީލަންތައް ވަޒަންކުމުގައި ބަލާނެ މިންގަނޑުތައް ތިރީގައި މިވަނީއެވެ.
- ބިމަށް ހުށަހަޅާ ކުލި %90
- ކުރަން ގަސްދުކުރާ ވިޔަފާރީގެ ޕްރޮޕޯސަލަށް % 3
- އިޖްތިމާޢީ ޒިންމާ % 7 (އިޖްތިމާޢީ ޒިންމާ ކަރުދާހެއް މި އިދާރާއިން ލިބިލައްވާނެއެވެ.)
މިހެންވެ، މިކަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ރަބީޢުލްއައްވަލް 1437