ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެމްބިއުލޭންސް ޑްރައިވަރު

މަޤާމު

އެމްބިއުލޭންސް ޑްރައިވަރު

މަޤާމުގެ ނަންބަރު

J-366491

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސާވިސް ރޭންކް 3 ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ. ދަރަނބޫދޫ ސިއްޙީމަރުކަޒު

މުސާރަ

 

9220.00 ރުފިޔާ

މަޤާމުގެ އެލަވަންސް

2765.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭފުރޭމް ވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ހާޒިރީ އެލަވަންސް (ވަޒީފާއަށް ނިކުންނަ ދުވަހަކަށް): 75.00 ރުފިޔާ
  4. ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އެމްބިއުލޭންސް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

  1. އެމްބިއުލޭންސްގައި ކުރެވޭ ދަތުރުތަކުގައި ބަލިމީހުންނަށް ލޯތްބާއި އޯގާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށް ދިނުން.
  2. އެމްބިއުލޭންސްގައި ކުރެވޭ ދަތުރުތަކުގެ ރެކޯޑް ތަފްޞީލްކޮށް ދުވަހުން ދުވަހަށް އަދާހަމަކުރުން.
  3. އެމްބިއުލޭންސް ދުއްވުމަށް ބޭނުންވާ ތެލާއި، އެމްބިއުލޭންސްގެ އެކިއެކި ކަންކަމަށް ބޭނުންވާ ތެޔޮފަދަތަކެތި، ހުސްވުމުގެ ކުރިން އެތަކެތި ހޯދުމަށް ރިކުއެސްޓް ކުރުމާއި، ދަތުރުތަކަށް މަދުނުވާނެ މިންވަރަށް ތަކެތި ހަމަޔަށް ހުރިކަން ޔަގީންކުރުން.
  4. އެއްވެސް ޙާލަތެއްގައި އެމްބިއުލޭންސްގެ ޚިދުމަތް މެދުކެނޑިއްޖެނަމަ، ސްޓްރެޗަރ އަދި ވީލްޗެއަރ ފަދަ ތަކެތީގައި ބަލިމީހުން އުފުލުން.
  5. އެމްބިއުލޭންސް އެޓެންޑެންޓުން ނެތް ޙާލަތްތަކުގައި އެފަދަ މީހުންގެ މަސައްކަތްތައް ކުރުން.
  6. އެމްބިއުލޭންސް ދުއްވަން އެރުމުގެ ކުރިން ކޮންމެހެން ޗެކްކުރަންޖެހޭ ކަންކަން ރަނގަޅަށް ބަލައި ދުވަހުގެ ޗެކްޝީޓް ފުރިހަމަކޮށް ސުޕަވައިޒަރާއި ޙިއްސާކުރުން.
  7. ވެހިކަލް ތަކުގެ ބޭރު ހަފްތާއަކު އެއްފަހަރު ފެނުން ދޮވެ ސާފުކުރުމާއި، އެތެރެ ކާޕެޓް އަދި އެހެނިހެން ބައިތައް ކޮންމެ ދުވަހަކުވެސް ހިރަފުސް ފޮޅައި ސާފުކުރުން.
  8. އެމްބިއުލޭންސް ދުއްވުމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާތެރިވުމާއި، ވެހިކަލްގެ ރައްކާތެރިކަމާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް ޢަމަލުކުރުން
  9. އެމްބިއުލޭންސްގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެކަމުގެ ފުރިހަމަ ތަފްޞީލާއެކު ސުޕަވައިޒަރަށް ވަގުތުން އެންގުމާއި ސުޕަވައިޒަރުގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުން.
  10.  ކޮންމެ ދުވަހެއްގެވެސް މަސައްކަތް ފެށުމާއެކު އެމްބިއުލޭންސްގެ ޗެކްޝީޓު ފުރިހަމަކުރުމާއި، ދަތުރެއް ނެތްނަމަވެސް މަދުވެގެން 30 މިނެޓް ސްޓާޓްކޮށް ބެޓެރި ޗާޖްކޮށް އެމަޖެންސީ ޙާލަތަކަށް އެމްބިއުލޭންސް ތައްޔާރުކުރުން.
  11.  އެމްބިއުލޭންސްގެ އެތެރޭގެ ސުވިޗްތަކާއި އެހެނިހެން އިކުއިޕްމަންޓާއި ބޭރުގެ މައިގަނޑު ބައިތަކަށް އަހުލުވެރިވުން.
  12.  އެމްބިއުލޭންސްގެ މެއިންޓަނަންސް މަސައްކަތްތައް ދަސްކުރުމާއި، އެފަދަ މަސައްކަތްތައް ކުރުން.
  13. މަރުކަޒުން އުފުލަންޖެހޭ ލެބޯޓަރީ ސާމްޕަލްތައް މަރުކަޒުން ޙަވާލުކުރާ ހިސާބަކަށް ގެންދިއުމާއި، ސާމްޕަލްތައް އުފުލާ ކެރިއަރު ފަދަތަކެތި، އަނބުރާ މަރުކަޒަށް ގެނައުން.
  14. ބަލިމީހުން އުފުލުމަށް ކުރަންޖެހޭ ދަތުރުތަކުގެ އިތުރުން، މަރުކަޒުގެ އިސްވެރިންގެ އެންގުމުގެ މަތިން އެމްބިއުލޭންސާއި މަރުކަޒުގެ އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ވެހިކަލްތަކުގައި ދަތުރުތައް ކުރުން.
  15. ވަޒީފާގެ ގޮތުން މުވައްޒަފަށް އެނގޭ އޮފީހުގެ ސިއްރުތައް އަދި ބަލިމީހުންނާއި ގުޅުންހުރި މަޢުލޫމާތުތައް އާންމުންނަށް ހާމަނުކުރުން
  16. ކުރެވޭ ދަތުރުތަކުން އެއްވެސް ފައިސާއެއް ޚިދުމަތް ހޯދާ ފަރާތުން ނަގަންޖެހޭނަމަ، އެކަމެއްގެ މަޢުލޫމާތު ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް އެންގުމާއި، ފައިސާ ބަލައިގަންނަން ހަމަޖެހިފައި ހުންނަ ގޮތުގެ މަޢުލޫމާތު ފޯރުކޮށް ދިނުން.
  17. އެމަޖެންސީ ޙާލަތްތަކަށް އަބަދުވެސް ތައްޔާރަށް ހުރުމާއި، ފޯނުކޯލުތަކަށް ވަގުތުން ޖަވާބުދާރީވުން.
  18. އެހެނިހެން ސެކްޝަންތަކުގެ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެކަމަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، ރަސްމީ ހުސްވަގުތުތަކުގައި ސަޕޯޓް ސްޓާފުންގެ މަސައްކަތްތަކުގައި ވީވަރަކުން ބައިވެރިވުން.
  19. ސިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް

-  އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތުން (B0, B1, B2)

-  ބަސް އޮޕަރޭޝަންސް އިން ނޭޝަނަލް ސެޓްފިކެޓް 3 ގެ ސަނަދެއް އޮތުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:

-  އެއްގަމު އުޅަނދު ދުއްވުމުގެ މަސައްކަތް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންޓަރުން، މި ސިއްޙީމަރުކަޒުގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެން https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

1. ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން

2. މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިސް ސާވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލްސާވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށް ދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަސް އަދި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާ ކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާ ކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.)

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

އަސާސީ ޝަރުތު ހަމަވުން

50%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިންޓަވިއު

40%

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 މެއި 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފ. ދަރަނބޫދޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓު: މެއިލް ކުރައްވާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ލިޔުންތަކެއް އެއް ފައިލަކަށް ޕީޑީއެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަމްބަރު ޖެހުމަށް ދަންނަވަމެވެ.

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ 21 މެއި 2025 އާއި 31 މެއި 2026 އާއި ދެމެދު، ފ. ދަރަނބޫދޫ ސިއްޙީމަރުކަޒުގައެވެ.

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާއާއި އިދާރާގެ ސޯސިއަލް ޕްލެޓްފޯމްތަކުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ، A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި މަރުކަޒުގެ ނަމްބަރު 6740688 އަށެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

10 މޭ 2026
ހޯދާ