ދިވެހިރާއްޖެ
އޮފީސް އިމާރާތެއް/ޖާގައެއް ހޯދުމަށް
މި އޮތޯރިޓީގެ ނަންބަރު :(IUL)179-3.2/1/2015/40 (22 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން އޮފީސް އިމާރާތެއް ކުއްޔަށްދިނުމަށް މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ މި ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި އޮތޯރިޓީގެ ބޭނުމަށް 2000 އަކަފޫޓާއި 3000 އަކަފޫޓާ ދެމެދުގެ ޖާގައެއް އޮތް، އަދި 5 (ފަހެއް) އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް ކުއްޔަށް ދެވޭނެ އިމާރާތެއް/ ޖާގައެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:30 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ (މެންދުރުފަހު) 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014105 ނުވަތަ 3014119 ފޯނަށް ގުޅުއްވުން އެދެމެވެ
18 ރަބީޢުލްއައްވަލް 1437