ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތު ކެއަރ އެޓެންޑެންޓް - ގްރޭޑް 1

މަޤާމު

ހެލްތު ކެއަރ އެޓެންޑެންޓް – ގްރޭޑް 1

މަޤާމުގެ ނަންބަރު

J-403461

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސާވިސް ރޭންކް 1 ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ. ދަރަނބޫދޫ ސިއްޙީމަރުކަޒު

މުސާރަ

 

8255.00 ރުފިޔާ

ސާރވިސް އެލަވަންސް

2475.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ހާޒިރީ އެލަވަންސް (ވަޒީފާއަށް ނިކުންނަ ދުވަހަކަށް): 65.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމުގައި ނަރުހުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  2. ކްލިނިކަލް އޭރިއާ ތަކުގައި އުފެދޭ ނުރައްކާތެރި ކުނި (ބައޯހަޒާޑް)، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ބަންދުކޮށް، ނައްތާލުން.
  3. ސިއްހީމަރުކަޒުގެ ކްލިނިކަން އޭރިއާ އަދި އެޑްމިނިސްޓްރޭޝަން އޭރިއާތަކުގައި ހުންނަ އިކުއިޕްމަންޓްތަކާއި މެޝިނަރީޒް، ފަރުނީޗަރާއި، އެކިއެކި ޓޫލްސްތަކާއި ޓްރޭތައް ސާފުކޮށް ބެލެހެއްޓުން.
  4. ބަލިމީހުންނާއި ގުޅިގެން ބޭނުންކުރާ ފޮތިތަކާއި، ބާލީހު އުރަފަދަ ތަކެތި، ކަނޑައަޅާފައި އޮންނަ ތާވަލާއި އެއްގޮތަށް ދޮވެ އިސްތިރިކުރުމާއި، ކުލިނިކަލް އޭރިއާއާށް މަދުނުވާނެ ވަރަށް އެތަކެތި ތައްޔާރުކޮށްފައި ބެހެއްޓުން.
  5. ދުވަހުގެ ތާވަލާއި އެއްގޮތަށް މަރުކަޒުގެ އެތެރޭގެ ހުރިހާ އޭރިއާއެއް ފޮޅައި ސާފުކޮށް މޮއްޕުލުމާއި، މަރުކަޒުގައި އުފެދޭ ކުނިތައް ނަގައި ހަމަޖެހިފައި އޮންނަ އުސޫލާއި އެއްގޮތަށް ކުނިނައްތާލުން.
  6. މަރުކަޒުގެ ގޯތިތެރެއާއި މަރުކަޒުގެ ވަށައިގެންވާ މަގުތައް ކަނޑައަޅާފައި އޮންނަ ތާވަލާއި އެއްގޮތަށް ސާފުކޮށް ބެލެހެއްޓުން.
  7. މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ހިތްފަސޭހަ ކުރުމަށް ގަސް އިންދައި ބެލެހެއްޓުމާއި، ގަސްތައް ކޮށުމާއި ފެންދިނުން ފަދަ މަސައްކަތްތައް ކުރުން.
  8. ދޮރުފޮތިތައް ސާފުކުރުމާއި، އޭސީތައް ސާފުކޮށް ބެލެހެއްޓުން.
  9. މަރުކަޒުގެ ފާރުތަކާއި، ފުރާޅު އަދި ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  10. ބަލިމީހުންނާއި ގުޅުންހުރި އެކިއެކި ކޭސްތަކުގައި ބަލިމީހުންގެ ޔޫރިން ބޭގުތައް ނަރުހުންގެ އިރުޝާދާއި އެއްގޮތަށް ހުސްކުރުމާއި، ކޭސްތަކުގައި ބޭނުންކުރާ ބެޑްޕޭން ޔޫރިނާރ، ކިޑުނީ ޓްރޭ ފަދަ ތަކެތި ކޮންމެ ދުވަހަކުވެސް ކަނޑައަޅާފައި އޮންނަ އުސޫލާއި އެއްގޮތަށް ޑިސްއިންފެކްޓް ކުރުން.
  11. ސިއްޙީމަރުކަޒުގެ އެމްބިއުލޭންސް އަދި ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުމަށާއި، ބަލިމީހުން އުފުލާ ވީލްޗެއަރ، ސްޓްރެޗަރ ފަދަ ތަކެތި ޑިސް އިންފެކްޓް ކުރުމަށް އެމްބިއުލޭންސް ޑްރައިވަރުންނާއެކުގައި މަސައްކަތްކުރުން.
  12. އޯޕީޑީ އަދި އައިޕީޑީ، އީއާރުގައި ޚިދުމަތް ހޯދާ ބަލިމީހުން އުފުލުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ބަލިމީހުންގެ އެހީތެރިން އެދިއްޖެ ޙާލަތްތަކުގައި ނުވަތަ އެހީތެރިއަކު ނެތް ޙާލަތްތަކުގައި ނަރުހުންގެ އިރުޝާދުގެ ދަށުން އެހީތެރިކަން ފޯރުކޮށް ދިނުން.
  13. ސިއްޙީމަރުކަޒަށް އެމަޖެންސީގައި ގެނެވޭ ބަލިމީހުން އުފުލުމަށް، އެމްބިއުލޭންސް ޑްރައިވަރަށް އެހީތެރިކަން ބޭނުންވެއްޖެނަމަ އެކަމުގައި ބައިވެރިވުން.
  14. ސިއްޙީމަރުކަޒުގެ ދެންނެވުންތައް އަޑުގަދަކުރާއިން ގޮވުމާއި، ލިޔެކިޔުންތައް އެކިއެކި ފަރާތްތަކަށް ޙަވާލުކުރުމާއި، އެކިއެކި ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް އޮފީހުން އަންގަވާ ގޮތެއްގެ މަތީން އިންތިޒާމްކުރުމުގައި އެހީތެރިވުން.
  15. ކަނޑައެޅިފައިވާ ގޮތުގެ މަތިން ޑިއުޓީ އަދާކުރުމާއި، ޑިއުޓީ ނިންމައި އޮފީހުން ދިއުމުގެ ކުރިން ޖެހިގެން ޑިއުޓީއަށް އަންނަ ފަރާތްތަކަށް މަސައްކަތުގެ ހޭންޑް އޯވާ ދިނުން.
  16. އެމްބިއުލޭންސް ޑްރައިވަރުން ނެތް ޙާލަތްތަކުގައި މަރުކަޒުން އަންގައިފިނަމަ، ލެބޯޓަރީ ސާމްޕަލްތައް އުފުލުމާއި، ސާމްޕަލް އުފުލާ ކެރިއަރުތައް އުފުލުން.
  17. އެކިއެކި ބޭނުންތަކަށް މަރުކަޒަށް ގެނެވޭ މުދާތަކާއި ސާމާނުތައް އޮފީހުން އަންގާ ގޮތެއްގެ މަތީން އުފުލުމުގައި ޑްރައިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  18. ލޯންޑްރީގައި ބޭނުންކުރުމަށް ސްޓޮކުން ނަގަންޖެހޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރުމާއި، ސްޓޮކުން ތަކެތި ހުސްވުމުގެ ކުރިން އެތަކެތި ހޯދުމަށް ކުރަންޖެހޭ ރިކުއެސްޓްތައް ސުޕަވައިޒަރު މެދުވެރިކޮށް ކުރުން.
  19. ޕަބްލިކް ހެލްތުގެ މަސައްކަތްތަކާއި، އެހެނިހެން ސެކްޝަންތަކުން އެހީތެރިކަމަށް އެދެފިނަމަ، އެސެކްޝަންތަކުގެ މަސައްކަތްތައް ކުރުމުގައި ވީވަރަކުން އެހީތެރިކަން ފޯރުކޮށް ދިނުން.
  20. ސިއްޙީ އިމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް

-  ލިޔަންކިޔަން އެނގުން، ނުވަތަ

-  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނޯޓު: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

-  ސްކްރީނިންގ މަރުޙަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ

-  ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ

-  ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައި ދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.
  2. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް
  3. ކްލީނިންގ އެންޑް ލޯންޑްރީ
  4. ފޮޅާ ސާފުކުރުން
  5. ޕޭޝަންޓް ކެއަރ ސާވިސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންޓަރުން، މި ސިއްޙީމަރުކަޒުގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެން https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

1. ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން

2. މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިސް ސާވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލްސާވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށް ދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަސް އަދި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާ ކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާ ކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.)

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

އަސާސީ ޝަރުތު ހަމަވުން

50%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިންޓަވިއު

40%

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 މެއި 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފ. ދަރަނބޫދޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓު: މެއިލް ކުރައްވާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ލިޔުންތަކެއް އެއް ފައިލަކަށް ޕީޑީއެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަމްބަރު ޖެހުމަށް ދަންނަވަމެވެ.

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ 21 މެއި 2025 އާއި 31 މެއި 2026 އާއި ދެމެދު، ފ. ދަރަނބޫދޫ ސިއްޙީމަރުކަޒުގައެވެ.

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާއާއި އިދާރާގެ ސޯސިއަލް ޕްލެޓްފޯމްތަކުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ، A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި މަރުކަޒުގެ ނަމްބަރު 6740688 އަށެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

10 މޭ 2026
ހޯދާ