މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (މެޑިކަލް ލެބޯޓްރީ ޓެކްނީޝަން)

 

ބ.ދަރަވަންދޫ، ދިވެހިރާއްޖެ     

 

 

މަޤާމު

 މެޑިކަލް ލެބޯޓްރީ ޓެކްނީޝަން

 

މަޤާމުގެ ނަންބަރު

 J-404549 ،  J-420044

 

ބޭނުންވާ އަދަދު

02

 

އޮފީސް

ބ.ދަރަވަންދޫ ސިއްޚީމަރުކަޒު

 

މަޤާމުގެ ގިންތި

ދާއިމީ

 

މަޤާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

އިތުރު އިނާޔަތްތައް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • އޯ ޕީ ޑީ އާއި އައި ޕީ ޑީ އަށް އަންނަ ބަލިމީހުންގެ ސާމްޕަލް ތަކާއި، އެހެން މުއައްސަސާތައް މެދުވެރިވެގެން އަންނަ ސާމްޕަލްތައް އައިޑެންޓިފިކޭޝަންތައް ޗެކްކުރުމަށްފަހު ބަލައިގަތުން.
  • ކުރަންޖެހޭ ތަޚްލީލް ތަކުގައި ލަފާހޯދަންޖެހޭ ފަރާތް ތަކާއި ގުޅައިގެން ލަފާހޯދާ، ބަލިމީހާއަށް އެންމެ ފުރިހަމައަށް ޚިދުމަތެއް ފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށް ދިނުން.
  • ޑިއުޓީ ތަކުގައި ކުރަންޖެހޭ ޓެސްޓްތައް ސްޓޭންޑަރޑް ޕްރޮސިޖާރ އާއި އެއްގޮތަށް ޕްރޮސެސް ކުރުމާއި، ޓެސްޓްތައް ފުރިހަމަ ކުރުމާއިއެކު، ރިޕޯރޓްތައް ގަޑިއަށް ތައްޔާރު ކުރުން.
  • ރެޖިސްޓްރީ ތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށްލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި، ޓެސްޓް ނަތީޖާއާއި، ބެހޭ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުން.
  • ޚާއްޞަ ލެބޯޓްރީ ޓެސްޓްތައް ކުރުމާއި، ކުރެވޭ ޓެސްޓްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން.
  • ލެބޯޓްރީގައި ކުރެވޭ ޓެސްޓް ތަކުގެ ކޮލިޓީ ކޮންޓްރޯލް ޗެކްކުރުމާއި، ރެކޯޑްތައް ބެލެހެއްޓުމާއިއެކު ޖޫނިއަރ މުވައްޒަފުންނަށް ކަމުގެ ހުނަރު ދަސްކޮށް ދިނުން.
  • މަޤާމުގެ ގޮތުންދަށް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސްޕަވައިޒް ކުރުން.
  • ލެބޯޓްރީގައި ކުރާ ޓެސްޓްތައް ކުރުމަށް ބޭނުން ކުރެވޭ ކޮންސިއުމަބްލްސް، ރިއޭޖެންޓްސް އާއި ކެމިކަލްސްގެ ސްޓޮކް ބެލެހެއްޓުމާއިއެކު އެއްވެސް އެއްޗެއް ހުސްވުމުގެ ކުރިންނާއި، އެކްސްޕަޔާ ވުމުގެ ކުރިން ދުވަސް އޮއްވާ އިސްފަރާތަށް އެންގުން
  • ލެބޯޓްރީގެ މަސައްކަތްކުރާ މާޙައުލު އެކުވެރިކޮށް ބޭއްވުމާއިއެކު ލެބޯޓްރީ ސާފުތާހިރުކޮށް ބޭއްވުމަށް މުވައްޒަފުންނަށް އަންގާ ބެލެހެއްޓުން.
  • ލެބޯޓްރީގައި ބެހެއްޓިފައިވާ މެޝިންތަކާއި އިކްވިޕްމަންޓްތައް ޑެއިލީ މެއިންޓަނަންސް ހެއްދުމާއި، ހަފްތާއަކު އެއްފަހަރު ހަދަންޖެހޭ މެއިންޓަނަންސް ހެދިތޯ ބަލާ އޭގެ ރެކޯޑްތައް ބެލެހެއްޓުމާއި، މިއިން އެއްޗަކަށް ގެއްލުމެއް ވެފައިވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުން
  • ލެބޯޓްރީއާއިމެދު ބަލިމީހުން/ ބަލަދުވެރިޔާ ނުވަތަ އެހެނިހެން ފަރާތް ތަކުން ކުރާ ޝަކުވާ ބަލާ ޙައްލު ކުރެވޭނަމަ ޙައްލުކޮށް އެކަން އިސްފަރާތަކަށް އެންގުން.
  • ލެބޯޓްރީ އެސިސްޓެންޓުންނާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓް ޓްރޭނިންނަށް ދާއިރާއާއި ގުޅޭ ތަމްރީނާއި ހުނަރު ދަސްކޮށްދީ ސްޕަވައިޒްކޮށް ބެލެހެއްޓުން.
  • ލެބޯޓްރީ ޓެސްޓްތަކުގެ ނަތީޖާ ކޮންމެހެން އެނގެންޖެހޭ ފަރާތް / ފަރާތްތައް ފިޔަވާ އެހެން ފަރާތަކަށް ނާންގާ އާއްމު ނުކުރުން.
  • ބޭނުންވާ ހިނދެއްގައި ޝިފްޓް ޑިއުޓީއާއި އިމަރޖެންސީ ޑިއުޓީއަށް އަދި ރިލީފް ޑިއުޓީއަށް ނިކުތުން.
  • ސިއްޚީމަރުކަޒުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ޙަވާލުވެ ކުރުން
  • އަތޮޅު ތެރޭގެ ޞިއްޙީމަރުކަޒުތަކުގެ ލެބޮރަޓަރީގައި ޓެކްނޮލްޖިސްޓުން ނެތިއްޖެ ޙާލަތެއްގައި ، ހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެމަތިން އެރަށްރަށަށް ގޮސް ޞިއްޙީމަރުކަޒުގެ ލެބޮރަޓަރީގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • މީގެއިތުރުން ސިއްޚީމަރުކަޒަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި ، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ، އަދި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ސިއްޚީމަރުކަޒުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  • ސިއްޚީމަރުކަޒުގެ ޢާއްމު އުޞޫލުތަކާއި ޤަވާޢިދުތަކަށް މުވައްޒަފުންނާއި، ޢާއްމު އިޙްތިރާމް ކުރުމަށް ބާރުއަޅާ މަސައްކަތް ކުރުމާއި، މަސައްކަތްކުރާ ތަނަކާއި މާހައުލު ސާފުތާހިރުކޮށް ބޭއްވުމުގެ މައްޗަށް ސަމާލުކަންދީގެން މަސައްކަތްކުރުވުން.

 

 

 

މެޑިކަލް ލެބޯރެޓަރީ ޓެކްނީޝަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

މަގަމުގެ އެލަވަންސް،މަހަކު (ރުފިޔާ)

ޙާޟިރީ ޢިނާޔަތް

 

     

ރޭންކް 5 - ސްޓެޕް 1

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް ޤަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 05 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

--/10072 ރުފިޔާ

-/4700 ރުފިޔާ

127.00 (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

ލެބޯޓަރީ ސަރވިސް

 

މަޤާމަށް ޢައްޔަންކުރާ އިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން މެޑިކަލް ލެބޯރެޓަރީ ދާއިރާއިން ރަޖިސްޓްރޭޝަން ލިބިފައި އޮތުން

 

ތައުލީމީ ރޮނގުތައް:

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގު(ތައް): މެޑިކަލް ލެބޯރެޓަރީ، މެޑިކަލް ސައިންސް

މަޤާމަށް ޕްރިފަރޑް ޑިސިޕްލިން : ނެތް

މަޤާމަށް ކޯ ޑިސިޕްލިން : މެޑިކަލް ލެބޯރެޓަރީ، މެޑިކަލް ސައިންސް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު، މި ހޮސްޕިޓަލްގެ އޮފީހުން އަދި މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

- މުއްތަދު ހަމަނުވާ ރެޖިސްޓްރޭޝަން، ލައިސަންސް ކޮޕީ.

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 މެއި 2026 ގެ 14:00 ގެ ކުރިން، ބ.ދަރަވަންދޫ ސިއްޚީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 24 މެއި 2026 އާއި 04 ޖޫން 2026 ދެމެދު  ބ.ދަރަވަންދޫ ސިއްޚީމަރުކަޒުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 600040 ފޯނު ނަމްބަރަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އީމެއިލަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުންހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ"(http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

07 މޭ 2026
ހޯދާ