ދިވެހިރާއްޖެ
މި އިޢުލާންވަނީ 04 ޖަނަވަރީ 2016 10:57 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ކޮންޓްރެކްޓް ޓީޗަރ (ޕްރައިމަރީ)
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: ޝަރަފުއްދީން ސްކޫލް
މަޤާމް |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޓްރެއިންޑް ޓީޗަރ |
MS1 |
ޓީޗިންގ ސަރވިސް އޮފިސަރ 2 |
ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. |
5610.00 |
2500.00 |
ގުރެޖުއޭޓް ޓީޗަރ |
MS2 |
ޓީޗިންގ ސަރވިސް އޮފިސަރ 3 |
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން. |
6295.00 |
2500.00 |
ކޮލިފައިޑް ޓީޗަރ |
MS3 |
ޓީޗިންގ ސަރވިސް އޮފިސަރ 4 |
ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. |
7035.00 |
2500.00 |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
ކުރިމަތިލާ މާއްދާއިން ކިޔަވައިދިނުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ކަނޑައެޅިފައިވާ މިންވަރަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމާއި، ދަރިވަރުންގެ ފިކުރީ، އިޖުތިމާޢީ، އަދި ޖިސްމާނީ ކުރިއެރުންތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމާއެކު، ޤައުމާއި ދީނަށް ވަފާތެރި ކިޔަމަންތެރި އަޚުލާޤު ރަނގަޅު ދަރިންތަކެއް ބިނާކުރުމުގައި ތިމާގެ ޤާބިލުކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުން.
އެހެނިހެން:
މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި، ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށްދޭ ތަޢުލީމާއި ތަމްރީނު ހޯދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ކިޔަވައިދިނުމުގައި ތަޖުރިބާ ލިބިފައިވާ ޤާބިލު ފަރާތްތަކަށްވެސް އިސްކަންދެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ސުންގަޑި:
ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ޖަނަވަރީ 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މިސްކޫލަށް ހުށަހެޅުން އެދެމެވެ.
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ، 11 ޖަނަވަރީ 2016 އިން 14 ޖަނަވަރީ 2016 އާ ދެމެދު ޝަރަފުއްދީން ސްކޫލުގައެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
2- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް)
3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓް ކުރެވިފައިވާ ކޮޕީގެ އަސްލު)
4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
އިތުރު މަޢުލޫމާތު:
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 6887030 އެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
20 ރަބީޢުލްއައްޥަލް 1437