ދިވެހިރާއްޖެ
މިރަށުގައި އައުޓް ޑޯ ޖިމް އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރ އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް 22 އޭޕްރީލް 2026 ވަނަ ދުވަހު ކުރި އިޢުލާން މުއްދަތު ހަމަވީއިރު އަދިވެސް ފޯމް ހުށަނާޅާ ރުއްގަސް އެބަހުއްޓެވެ. އެހެންކަމުން އަލުން މި ރުއްގަހުގެ ވެރިން ހޯދުމަށް ދެވަނަފަހަރަށް އިޢުލާން ކުރަމެވެ. ވީމާ މިބިމުގައި ނަންބަރު:7،8،18،20،21،22،23،26،27 ޖަހާފައިވާ (ޖުމްލަ 09 ފޯދުނު ރުއް) އަދި ނަންބަރު: 1،2،3،4،5،6،7،8،9،10،11،12،14 ޖަހާފައިވާ (ޖުމްލަ 13 ނުފޯދޭ ރުއް ) އަދި ނަންބަރު 1،2، ޖަހާފައިވާ 2 ގަސްމެދުކަށިކެޔޮ، މި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ބިމަކީ މަސްޖިދުލް ހިދާޔާ އާ ފުޓްބޯޅަ ދަނޑާ ދެމެދުގައިވާ ބިމެވެ.
ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެވެރިން 12 މެއި 2026 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރުއްގަހުގެ ބަދަލަށް އެދޭފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގެ ބަދަލަށްއެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.އަދި މިމުއްދަތުގައި ވެރިފަރާތް ސާފުނުވެ އެއްވެސް ރުއްގަހެއް ހުރިނަމަ އެތަކެތި ކައުންސިލްގެ ބެލުމުގެދަށުން ނައްތާލެވޭނެ ވާހަކަދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
