ދިވެހިރާއްޖެ
އިއުލާން
މަޤާމް: ރިލީފް ޓީޗަރ
ބޭނުންވާއަދަދު: 3 (ތިނެއް)
ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ. ނިލަންދޫ ސްކޫލް
ފެންވަރު ނުވަތަ ޝަރުޠު:
މަޤާމް |
ސީ. އެސް. ރޭންކް |
ސީ.އެސް ގްރޭޑް |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޓްރެއިން ޓީޗަރ |
CS11 |
ޓީ. އެސް. އޯ. 2 |
ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. |
-/5610 |
-/2500 |
ގްރެޖުއޭޓް ޓީޗަރ |
CS13 |
ޓީ. އެސް. އޯ. 3 |
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން. |
-/8440 |
-/2500 |
ކޮލިފައިޑް ޓީޗަރ |
CS11 |
ޓީ. އެސް. އޯ. 3 |
ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން ނުވަތަ ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
-/8890 |
-/2500 |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ހަވާލުކުރެވޭ ޓައިމްތޭބަލާ އެއްގޮތަށް ކްލާސްތަކަށް ކިޔަވައިދިނުން.
- ސްކޫލުގެ ވަސީލަތްތައް ފައިދާހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
- މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުމަށް މަސައްކަތްކުރުން.
އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް:
އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖަނަވަރީ 12 ވާ އަންގާރަދުވަހުގެ މެންދުރު 12.00 ގެ ކުރިން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއަކާއި، އެކްރެޑީޓްކޮށް އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ސީ.ވީ މި ސްކޫލަށް ހުށަހެޅުން އެދެމެވެ.
ނޯޓް:
މި މަޤާމުތަކަށް ޝަރުޠު ހަމަވާ ޓީޗަތުން ނުލިބިއްޖެނަމަ "ރިލީފް ޓީޗަރުން" ގެ ގޮތުގައިވެސް މުވައްޒަފުން ބޭނުންވެއެވެ. އަދި ރިލީފް ޓީޗަރުން ނެގުމަށް ހަމަޖެހިފައިވަނީ 3 މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.
19 ރަބީޢުލްއައްޥަލް 1437