މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކޮށްދޭނޭ ފަރާތެއް ހޯދުން

އިޢުލާން

މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް1447  ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކޮށްދޭނޭ ފަރާތެއް ހޯދުމަށް އިއުލާން ކުރީމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 މެއި 11 ވަނަ ދުވަހު 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2026 މެއި 11 ވަނަ ދުވަހު 13:00ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް ލިއުއްވާ ހުށައެޅުއްވުން އެދެމެވެ. ބިޑް ހުށައެޅުން އޮންނާނީ 2026 މެއި 14 ވަނަ ދުވަހު 13:00ގައި މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާގެ މީޓިންރޫމްގައެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ލިންކް: https://forms.gle/NsVzCXmkDA77A7Sq5

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 މޭ 2026
ހޯދާ