ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ މޭޒުމަތީ ބަހައްޓާ ފޯނު ގަތުމަށް ކުރި ނަންބަރު: 93/2015/I/B-170 އިޢުލާނަށް ކުރިމަތިލައްވާފައި ވަނީ ދެފަރާތުން ކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ އިޢުލާން ކުރަމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ މޭޒުމަތީ ބަހައްޓާ ފޯނު ގަތުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
11 ޖަނަވަރީ 2016 (ހޯމަ) ދުވަހުގެ 11:30 އަށް |
14 ޖަނަވަރީ 2016 (ބުރާސްފަތި) ދުވަހުގެ 11:30 އަށް |
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3322718 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
20 ރަބީޢުލްއައްވަލް 1437