ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ ރިހެބިލިޓޭޝަން އޮފިސަރ / ކޮލިޓީ އެޝުއަރެންސް ސެކްޝަން (ކ.މާލެ)

މަޤާމް :Senior Rehabilitation Officer
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

ސީނިއަރ ރިހެބިލިޓޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-431504

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕީ.އެސް.7

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ޑްރަގް އޭޖެންސީ / ކޮލިޓީ އެޝުއަރެންސް ސެކްޝަން (ކ.މާލެ) 

މުސާރަ:

މަހަކު -/10،525 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު -/4,915 ރުފިޔާ

ހާޟިރީ އިނާޔަތް:

ހާޟިރުވާ ދުވަހަކަށް -/135 ރުފިޔާ

އެހެނިހެން އެލަވަންސް:

ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރީޓްމަންޓް އަދި ޕްރިވެންޝަން ޕްރޮގްރާމްތަކުގެ ނަތީޖާ ޙާޞިލްވަމުންދާ މިންވަރު ދެނެގަނެ، އެ ޕްރޮގްރާމްތައް އިތުރަށް ތަރައްޤީކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރުން.
  2. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ތަންތަނުގެ މަޢުލޫމާތު ބެލެހެއްޓުން.
  3. ކޯޓުތަކުން ފަރުވާއަށް ކަނޑައަޅާ މީހުންނަށް ރާއްޖޭން ބޭރުން ފަރުވާ ދެވޭނެ މަރުކަޒުތަކެއް ފާހަގަކޮށް އެތަންތަން އެޕްރޫވްކުރުން.
  4. ޑްރަގް އެބިއުސް ޕްރިވެންޝަން ޕްރޮގްރާމްތަކުގެ ނަތީޖާ ޙާޞިލްކުރެވެމުންދާ މިންވަރު ބަލައި މޮނިޓަރކުރުން.
  5. ޑްރަގް އެބިއުސް ޕްރިވެންޝަން ޕްރޮގްރާމުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުން.
  6. ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނުން ހިންގާ ޕްރޮގްރާމްތައް ހިނގާ ނުހިނގާގޮތް ބަލައި، އެޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
  7. މަސްތުވާތަކެއްޗާބެހޭގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ޕްރިވެންޝަން ޕްރޮގްރާމްތައް ރޭވިފައިވަނީ ކަނޑައެޅިފައިވާ ސްޓޭންޑަޑްތަކާއި ގައިޑްލައިންތަކާ އެއްގޮތަށްތޯ ބަލައި އެޕްރޫވްކުރުން.
  8. އިންޑިކޭޓިވް އެސެސްމެންޓްތަކާއި ޑްރަގް ޑިޕެންޑެންސީ އެސެސްމެންޓްތަކުގެ ރިޕޯޓްތައް ރިވިއުކޮށް އެ އެސެސްމެންޓްތަކުގެ ޞައްޙަކަން ޔަޤީންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އެޅުން.
  9. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން އެން.ޑީ.އޭގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެންގޮތަކުންވެސް  ޙަވާކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި، ހަމަޖެހިފައި އޮންނަ އުސޫލްތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

ރީހެބިލިޓޭޝަން، ރީހެބިލިޓޭޝަން ސައިންސް، ޑިސޭބިލިޓީ އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން، ރީހެބިލިޓޭޝަން ތެރަޕީ، ރީހެބިލިޓޭޝަން ސައިންސް އެންޑް ފިޒިއޮތެރަޕީ، އެޑިކްޝަން ސައިންސް، އެޑިކްޝަން ސްޓަޑީޒް، ސޯޝަލް ޕޮލިސީ، ސޯޝަލް ސަރވިސަސް، ސޯޝަލް ވަރކް، ކައުންސެލިންގ. ސައިކޮލޮޖީ، އެޕްލައިޑް ސައިކޮލޮޖީ، ކައުންސެލިންގ ސައިކޮލޮޖީ، އެޕްލައިޑް ސައިންސް ސައިކޮލޮޖީ، އެޕްލައިޑް ޕޮޒިޓިވް ސައިކޮލޮޖީ، ސައިކޮލޮޖިކަލް ކައުންސެލިންގ، ސޯސިއޮލޮޖީ، ސޯޝިއޮލޮޖީ އެޕްލައިޑް ސޯޝިއޮލޮޖީ، ކްރިމިނޮލޮޖީ، ކްރިމިނަލް ޖަސްޓިސް، ސައިބަރ ކްރައިމް، ކްރިމިނޮލޮޖީ އެންޑް ފޮރެންސިކް އިންވެސްޓިގޭޝަން، ކްރިމިނޮލޮޖީ އެންޑް ފޮރެންސިކް ސްޓަޑީސް، ކްރިމިނޮލޮޖީ އެންޑް ލޯ، ކްރިމިނޮލޮޖީ އެންޑް ޕޮލިސިންގ، އެޕްލައިޑް ކްރިމިނޮލޮޖީ، އެޕްލައިޑް ކްރިމިނޮލޮޖީ އެންޑް ފޮރެންސިކް ސައިކޮލޮޖީ، ކްރިމިނޮލޮޖީ އެންޑް ކްރިމިނަލް ސައިކޮލޮޖީ، ކްރިމިނޮލޮޖިކަލް ރިސަރޗް، އެޕްލައިޑް ކްރިމިނަލް ޖަސްޓިސް އެންޑް ކްރިމިނޮލޮޖީ، ޖަސްޓިސް ލޯ އެންޑް ކްރިމިނޮލޮޖީ، ޖެންޑަރ ސްޓަޑީޒް، ޑިވެލޮޕްމަންޓް ސްޓަޑީޒް، މެޑިސިން، ޕްރައިމަރީ ހެލްތް ކެއަރ، އަރލީ ޗައިލްޑް ހުޑް އެޑިއުކޭޝަން، ސްޕެޝަލް އެޑިއުކޭޝަން، އެޑިއުކޭޝަނަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ، ޕަބްލިކް ޕޮލިސ،ީ ޕޮލިޓިކަލް ސައިންސް.

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ރީހިބިލިޓޭޝަން ފަރުވާއާގުޅޭ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ (ކައުންސެލިންގ ރެޖިސްޓްރޭޝަން މުއްދަތު ހަމަނުވާ)
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ14 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 19 މޭ 2026 ގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފިހުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 
06 މޭ 2026
 
06 މޭ 2026
ހޯދާ