އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އީ.ޕީ.އޭގެ ވެބްސައިޓް އަޕްގްރޭޑް ކުރުން

އިޢުލާން

އީ.ޕީ.އޭގެ ވެބްސައިޓް އަޕްގްރޭޑް ކުރުން

މި އެޖެންސީގައި ބޭނުންކުރަމުން ގެންދާ ވެބްސައިޓް އަޕްގްރޭޑް ކުރުމަށް ބޭނުންވެގެން 22 ޑިސެންބަރު 2015 ގައި ކުރި އިއުލާން (ނަންބަރު IUL)203-ADMIN/1/2015/46) އާ ގުޅިގެން، އެކަށީގެންވާ މިންވަރަށް ކުރިމަތިލައްވާފައިނުވާތީ، އަލުން އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 10 ޖަނަވަރީ 2015 "އާދީއްތަ" ދުވަހުގެ 10:00 އަށް މިއެޖެންސީއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

އީ.ޕީ.އޭގެ ވެބްސައިޓް އަޕްގްރޭޑް ކުރުމަށް ހުށަހަޅާ މަޢުލޫމާތު

މައިގަނޑު ބައިތައް

  1. އޮންލައިން ފޯމު ސަބްމިޝަން.
  2. ތިމާވެށީގެ ރިޕޯޓުތައް އަދި ޑޮކިއުމެންޓްތައް ފިލްޓަރ ކުރެވުން.
  3. ޑޭޓާ އެންޓަރ ކުރުމަށް ބޭނުން ކުރެވޭނެ ފަދަ ޕޯޓަލްއެއް ފަރުމާކުރުން.
  4. އިނގިރޭސި އަދި ދިވެހިބަހުން މައިގަނޑު ސައިޓް ފަރުމާކުރުން.

މަސައްކަތުގެ މުއްދަތު

މަސައްކަތުގެ މުއްދަތު ރާވަންވާނީ 3 މަހުގެ މުއްދަތަށް ބަހާލައިގެން، ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި މީޓިންގ އަދި ބައްދަލުވުންތައް ހިމެނޭގޮތަށެވެ. މަސައްކަތުގެ މުއްދަތު ގުނަންފަށާނީ ޕްރޮޖެކްޓް ހަވާލުކުރާ ތާރީޚުންނެވެ.

އަގު ހުށަހެޅުން

އަގު ހުށަހަޅަންވާނީ ވަކިވަކިން މައިގަނޑު ބައިތަކަށް ތަފުސީލު ހިމެނޭ ގޮތަށެވެ.

ހުށަހެޅުމަށް މާކްސް ދޭ ކްރައިޓީރިއާ

މާކްސް ދެވޭ

ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގަށް

70%

  • ވެބްސައިޓް އަޕްގްރޭޑް ކުރުމަށް
  • ހުށަހަޅާ އެންމެ ކުޑައަގަކީ، ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގަކަށް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގު ހުށަހެޅުއްވި ފަރާތަކަށެވެ.

ހުށަހަޅާފައިވާ އެންމެ ކުޑަ އަގު (ބެންޗްމާރކް)

/ އިތުރަށް ހުށަހަޅާފައިވާ އަގުx ކަނޑައަޅާފައިވާ % (އެލޮކޭޓެޑް ޕަރސަންޓޭޖް)

ތަޖުރިބާ 1 އަހަރާއި 5 އަހަރާ ހަމައަށާއި ފަންނީ ގާބިލުކަމަށް

 

ތަޖުރިބާ 5 އަހަރުން މަތިވުމާއި ފަންނީ ގާބިލުކަމަށް

10%

 

 

 

20%

  • ތަޖުރިބާއާއި ފަންނީ ގާބިލުކަމަށް
  • މާކްސް ދެވޭނީ ހުށަހަޅާފައިވާ ތަޖުރިބާގެ މުއްދަތާއި މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ފަންނީ ގާބިލުކަމަށް ބަލައިގެންނެވެ. ހުށަހަޅާ ހުށަހެޅުމަށެވެ.

ހުށަހަޅާ ތަޖުރިބާގެ މުއްދަތާއި، ފަންނީ ގާބިލުކަން (ބެންޗްމާރކް)

/ އިތުރަށް ހުށަހަޅާފައިވާ ސްޕެސިފިކޭޝަންx ކަނޑައަޅާފައިވާ % (އެލޮކޭޓެޑް ޕަރސަންޓޭޖް)

19 ރަބީޢުލްއައްވަލް 1437

30 ޑިސެންބަރު 2015
ހޯދާ