ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީ އިން ކަނޑައަޅާ ބަޔަކާއި، އެބައެއްގެ ލަގެޖުގެ އިތުރުން ކ. ހިންމަފުށި، މާލެ އަދި ހުޅުމާލޭގައި މި އޭޖެންސީއިން ހިންގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި އުފުލުމަށްޓަކައި 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުން

މި އޭޖެންސީ އިން ކަނޑައަޅާ ބަޔަކާއި، އެބައެއްގެ ލަގެޖުގެ އިތުރުން ކ. ހިންމަފުށި، މާލެ އަދި ހުޅުމާލޭގައި  މި އޭޖެންސީއިން ހިންގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި އުފުލުމަށްޓަކައި 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް 05 މެއި 2026 ވާ އަންގާރަ ދުވަހުން ފެށިގެން 16 މެއި 2026 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

17 މެއި 2026

(އާދީއްތަ)

11:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

05 މޭ 2026
ހޯދާ