މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ސީނިއަރ ރެޖިސްޓަރޑް ނަރސް ، ރެޖިސްޓަރޑް ނަރސް

އިޢުލާނު

މޯލްޑިވިއަން ބްލަޑް ސަރވިސަސް ގައި މަސައްކަތް ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު:

ސީނިއަރ ރެޖިސްޓަރޑް ނަރސް ، ރެޖިސްޓަރޑް ނަރސް

މަޤާމުގެ ނަންބަރު:

J-394138, J-393971, J-385362, J-384811

ބޭނުންވާ އަދަދު:

5 (ފަހެއް)

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް

ސީނިއަރ ރެޖިސްޓަރޑް ނަރސް (ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1)، ރެޖިސްޓަރޑް ނަރސް (ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1)

ޑިވިޜަން/ސެކްޝަން:

މޯލްޑިވިއަން ބްލަޑް ސަރވިސަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖް ހިޔާ، ހުޅުމާލެ.

މަސައްކަތް ކުރަންޖެހޭ ގަޑި:

ދަންފަޅި އުސޫލުން

މަޤާމުގެ މުސާރައާއި އެލަވަންސްތައް:     

 

 

 

 

މަގާމު

ރޭންކް

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އެލަވަންސް (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ސީނިއަރ ރެޖިސްޓަރޑް ނަރސް

ޕަބްލިކް ސަރވިސް ރޭންކު7 - ސްޓެޕް 1

14,857/-  ރުފިޔާ

6,934/-  ރުފިޔާ

188/- ރުފިޔާ

ރެޖިސްޓަރޑް ނަރސް

ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

13,057.00 ރުފިޔާ

6,094.00 ރުފިޔާ

165.00 ރުފިޔާ

 

އެހެނިހެން އެލަވަންސް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތައް ( 01 މޭ 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑޯނަރުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާރސިންގ ކެއަރ ގެ ޕްލޭންތަކާއި ނަރސިންގ ބެސްޓް ޕްރެކްޓިސް އެހެން ސިއްހީ ފަންނު ވެރިންނާއިއެކު ވިލަރެސްކޮށްގެން ފުރިހަމަކުރުން. 
  2. ބްލަޑް ކޭމްޕްތަކުގައި އަމަލީގޮތުން ދަތުރުކޮށްގެންވެސް ބައިވެރިވުމާއި، ހިންގަން ބޭނުންވާ ތަކެތި ހަމަކުރުމާއި، ބްލަޑް ކޭމްޕްތަކުގައި ފުރިހަމަކުރަންޖެހޭ ނާރސިންގ ކެއަރއާ ގުޅުން ހުރި ކަންކަން ދެނެގަނެ އިރުޝާދު ހޯދުމާއި، މިކަންކަން ފުރިހަމަ ކުރުމާއި އަދި މި މަސައްކަތުގައި ކަމަގުޅޭ އެހެނިހެން ޑިވިޜަންތަކާއި ސެކްޝަންތަކުގެ އެހީތެރިކަން ހޯދުން.
  3. ސެންޓްރަލް ބްލަޑްބޭންކުގައި، ޑޯނަރުން ބްލީޑްކުރުމަށް ބޭނުންކުރާ ތަކެތި ކޮންމެ ދުވަހަކުވެސް ޑިއުޓީ ފެށުމުގެ ކުރިން ހަމައަށް ހުރިތޯބެލުމާއި، މެޝިނާރީޒާއި އާލަތްތައް ހުރީ ކެލިބަރޭޓްކޮށް ބޭނުންކުރެވޭގޮތަށް ކަން ކަށަވަރުކުރުމާއި، ތަކެއްޗަށް ކުރީބައިގައި އެދުމާއި، ހޯދުމާއި އަދި ތައްޔާރުކުރުން. އަދި މިފަދަ ކަންކަމުގައި އިސްކޮށް ހުންނަވާ ފަރާތްތަކުގެ ލަފާވެސް ހޯދުން.
  4. ބްލަޑް ސްޓޯރޭޖް މެނޭމްޖްމަންޓް ސެކްޝަނުގެ މަސައްކަތުގެ ތެރެއިން، ޑޮނޭޓް ކުރާ ފަރާތްތަކާއި އަދި އެފަރާތްތަކުން ދޭ އެހީތެރިކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ދިމާވާ ހާދިސާތަކުގެ ރިކޯޑްތައް ވަގުތުން އަދާހަމަ ކުރުމަށް ބޭނުންވާ އެސް.އޯ.ޕީތަކުގެ ޑްރާފްޓްތައް އެކުލަވާލުމުގައި އަދި އަދާ ހަމަކުރުމުގައި އިސްކޮށް ހުންނަވާ ފަރާތަށް އެހީތެރިވުން.
  5. ސެކްޝަނުގައި ނުވަތަ ދަންފަޅިތަކުގައި ވަގުތީގޮތުން އިސް މުވައްޒަފުގެ ގޮތުގައި މަސައްކަތްކުރަން ހަވާލުކުރުމުން، ސެކްޝަނުގައި އެވަގުތު މަސައްކަތް ކުރާ މުވައްޒަފުންގެ ކަންކަމާއި އަދި ޑޯނަރ ނުވަތަ ބަލިމީހާއަށް ނުވަތަ އާއިލާ މެމްބަރުންނަށް ކިޔައިދޭންޖެހޭ ފަރުވާއާ ގުޅޭ ކަންކަމާއި އަދި ހިނގާ ހާދިސާތަކާ ގުޅޭ ކަންކަން މެޑިކަލް އެތިކްސާ އެއްގޮތަށް ރެކޯޑްކޮށް އަދި ކިޔައިދީ އެނޫންވެސް އެފަދަ ފަރާތެއްގެ ޒިންމާ އިސްވެ ފުރިހަމަކުރުން.
  6. ޑޯނަރުންނަށް ލޭނެގުމާ ގުޅޭ އެކިއެކި ޓެކްނީކްތަކުގެ މައުލޫމާތު ދުރާލާ އޮޅުން ފިލުވައިދީ، ލިޔުމުން ކޮންސެންޓް ހޯދުމާއި، އަދި ރައްކާތެރިކަމާއެކު ލޭނެގުމާއި، ޑޯނަރ ކެއަރ ރަނގަޅަށް ދިނުމާއި، ލޭ ނެގުމުގައި ދިމާވާ އެކިއެކި ޞިއްޙީ ކަންކަމުގައި އެފަރާތަށް މައުލޫމާތު ދީ އެހީތެރިކަން ވަގުތުން ފޯރުކޮށް ދިނުން އަދި މިކަންކަމުގައި ކަމާގުޅޭ ފަންނީ ފަރާތްތަކުގެ އިރުޝާދު ހޯދައިގެން ވިލަރެސްކުރުން. 
  7. ނަރުންނަށް މައުލޫމާތު ފޯރުކޮށްދޭ އެވެއަރނަސް ޕްރޮގްރާމްތަކުގައި ހިންގުމުގައި ބައިވެރިވެ، ވޮލަންޓަރީ ޑޯނަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމަށް ނަރުހުންނަށާއި އެހެނިހެން ޞިއްހީ ފަންނުވެރީންނަށް އުގަންނައި ދިނުމުގެ ހަރަކާތްތަކާއި، އަދި ޞިއްޙީ ހޭލުން ތެރިކަމާއި ޞިއްޙަތު ކުރިއެރުވުމަށް ހިންގާ ޕްރޮގަރާމްތައް ރޭވުމުގައި އަދި ހިންގުމުގައި އެހީތެރިވެދިނުން. އެގޮތުން، އެވަގުތަކު ތަމްރީނާއި އުނގެނުމުގެ ބޭނުމުގެ ޕޯސްޓިންގ ހެދުމަށް ކަނޑައަޅާ ޞިއްޙީ ޚިދުމަތް ދޭ މަރުކަޒުގައި އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ކޮންމެ އަހަރަކުވެސް ޕޯސްޓިންގ ފުރިހަމަކުރުން.
  8. ނަރުހުންގެ ބަލިމީހުންގެ ވާޑްތަކުގައި، ކުރަންޖެހޭ ނާރސިންގ ކެއަރގެ މަސައްކަތްތައްކުގައި ބައިވެރިވާން އޮފީހުން ކަނޑައެޅުމުން އޮފީހުން ހަމަޖައްސާ، އިންތިޒާމުގެ ތެރެއިން ޓްރާންސްފިއުޝަނާއި އަދި ނަރސިންގ ކެއަރއާ ގުޅުހުން ހުރި ހުރިހައި މަސައްކަތްތަކެއް ގައި އަމަލީގޮތުން ބައިވެރިވެ ދަންފަޅި އުސޫލުން މަސައްކަތް ކުރުން. 
  9. ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން ކުރާ މަސައްކަތްތަކާގުޅޭ އިދާރީ މަސައްކަތްކުރުމާއި، އިންސިޑެންޓް ރިޕޯރޓް، ޔައުމިއްޔާ އަދި ސްޓެޓިސްޓިކްސް ރިޕޯރޓްތައް ނިންމައި، މަހު ރިޕޯރޓާއި އަދި އަހަރީ ރިޕޯރޓް ފަދަ އެންމެހައި ލިޔެކިޔުމުގެ ޞައްޙަކަން ކަށަވަރުކުރެވިފައިވާ މައުލޫމާތު ހިމެނޭ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ފުރިހަމަކުރުމުގައި އެހީތެރިވެދިނުމާއި ކޮންމެ ދުވަހަކު ސްޓެޓިސްޓިކްސް ނެގުން.
  10. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ލޭ ނެގުމާއި އަދި ލޭރައްކާކުރުމާއި އަދި ލޭ ދިނުމުގައި ލޭގެ ކޮލިޓީއާއި ބަލިމީހާ އަދި ޑޮނޭޓްކުރާ ފަރާތުގެ ޞިއްޙީ ރައްކާތެރިކަމަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް އިންތިޒާމު ކުރުމުގެ ތެރެއިންނާއި، އަދި އެނޫންވެސް މަރުހަލާއެއްގައި ފާހަގަވޭތޯ ޝައްކުވޭތޯ ބަލައި އަދި ކަށަވަރުކޮށް، އެކަންކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތާއި ސުޕަވައިޒަރުންގެ ސަމާލުކަމަށް އެވަގުތަކު ގެނެސް ގޮތެއް ނިންމުގައި އެހީތެރިވެދީ، އޭގެ ފަހުން އިންސިޑެންޓް ރިޕޯރޓް ޑްރާފްޓް އެކުލަވާލައި އެކަންކަމާ މަޝްވަރާކޮށް ލިޔެކިޔުމުން މި މަސައްކަތް ކުރުން.
  11. މެޑިކަލް އިވެކުއޭޝަންތަކުގައި އަމަލީގޮތުން ބައިވެރިވެ، ކަމާގުޅޭ ފަރާތްތަކާ ވަގުތުން ވިލަރެސްކުރުމާއި، ބަލިމީހާގެ ރައްކާތެރިކަމަށް ކުރަންޖެހޭ ނާރސިންގް ކެއަރގެ މަސައްކަތް ފުރިހަމަކުރުމާއި، ބަލިމީހާގެ ޞިއްޙީ ރައްކާތެރިކަމަށް އިސްވެ ޒިންމާ އުފުލުމާއި، އިވެކުއޭޝަނަށް ދިޔުމުގެ ކުރީން ލައިފް ސަޕޯރޓަށް ބޭނުންވާ ތަކެތި ހަމަކުރުމާއި ރަނގަޅަށް ހުރިތީ ބެލުމުގައި އިސްނެގުން.
  12. ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސާރވިސް ހަވާލުކުރާ، ނިއު އިނީޝިއޭޓިވްސްތަކާއި، ތެލަސީމިއާ ޕޭޝަންޓް ކެއަރއާ ސެންޓަރާ ގުޅުން ހުރި ކަންކަމާއި އަދި ޕްރޮޖެކްޓްތަކާ ގުޅުން ހުރި މަސައްކަތްތައް ގަވައިދުން ފުރިހަމަ ކުރުމުގައި ގިނަ ވަގުތު ހޭދަކުރުން.
  13. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ފުރިހަމަ ކުރުމާއި، ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި އެކިއެކި ކާރިސާތަކުގައި ހަވާލުކުރާ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

ސީނިއަރ ރެޖިސްޓަރޑް ނަރސް، (ޕަބްލިކް ސަރވިސް ރޭންކު 7- ސްޓެޕް 1)

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ރެޖިސްޓަރޑް ނަރސް އެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ރެޖިސްޓަރޑް ނަރސް، (ޕަބްލިކް ސަރވިސް ރޭންކު 7- ސްޓެޕް 1)

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8  ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތައް:

  • އެނެސްތެޓިކް ކެއަރ 
  • ކްރިޓިކަލް ކެއަރ 
  • ނާސިންގ
  • ނަރސިންގ އެންޑް މިޑްވައިފަރީ 
  • ޕީޑިއެޓްރިކްސް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ނަރސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

 

  1. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގައި ބަޔާންކޮށްފައިވާނެއެވެ.

 

 

މަޤާމު

ރޭންކް

މާކްސް

މިނިމަމް ކްރައިޓީރިއަރ

އަސާސީ ޝަރުތު ހަމަވުން

ސީއަރ ރެޖިސްޓަރޑް ނަރސް

ޕަބްލިކް ސަރވިސް ރޭންކް 7

30

 

 

55

 

ރެޖިސްޓަރޑް ނަރސް

ޕަބްލިކް ސަރވިސް ރޭންކ7

35

ތަޖުރިބާ

 

15

 

އިންޓަވިއު އާއި ޕްރެޒެންޓޭޝަން

 

50

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ  12 މެއި 2026 ވާ އަންގާރަ  ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 މެއި / ޖޫން މަހުތެރޭގައި މޯލްޑިވިއަން ބަލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް "(A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

"ނަރުހުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.

05 މޭ 2026
ހޯދާ