އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
ލީޑިން ޓީޗަރ (ޕްރައިމަރީ)

ހަވާލުކުރެވޭ ޒިންމާ :          

ލީޑިން ޓީޗަރ (ޕްރައިމަރީ)

ބެނުންވާ އަދަދު :             

01

ހަވާލުކުރެވޭ މުއްދަތު :

04 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން :      

އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ

އެޑަޑް ރެސްޕޮންސިބިލިޓީ އެލަވަންސް ދެވޭނެ މިންވަރު:

ޓެނުއަރޝިޕް އެލަވަންސް -/2000 (ދެހާސް ރުފިޔާ)

މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މިނިސްޓްރީގެ ސިޔާސަތުތައް ސުކޫލްގައި ތަންފީޒުކުރުމަށް ޕްރިންސިޕަލަށް އެހީތެރިވެދިނުން.
  2. ޕްރިންސިޕަލް ނެތް ހާލަތެއްގައި، އޭނާގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ޙަވާލުކުރެވިއްޖެނަމަ، އެ މަސައްކަތް ކުރުން.
  3. ކިޔަވައިދެމުންދަނީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށްތޯ ބަލައި ކިޔަވައިދިނުން ތަރައްޤީކުރުމަށް ޓީޗަރުންނަށް އިރުޝާދު ދިނުން.
  4. ކިޔަވައިދޭ މާއްދާތަކުގެ ކޯޑިނޭޝަން މީޓިންތައް ރާވައި ކުރިޔަށް ގެންދާގޮތް ބަލައި ރިކޯރޑު ބެލެހެއްޓުން
  5. ޓީޗަރުން ތައްޔާރުކުރާ ލެސަން ޕްލޭންތަކަކީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށް ތައްޔާރުކުރެވޭ ލެސަން ޕްލޭނެއްތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ޓީޗަރުންނަށް އެހީތެރިވެދިނުން.
  6. ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ ޓީޗަރުން ލައްވައި އެކަންކަން ކުރުވުމާއި އެކަންކަން ކުރެވެމުންދާގޮތް ބަލައި މޮނިޓަރކުރުން.
  7. ސުކޫލުގެ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރު ކުރުން.
  8. ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚުލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.
  9. ވަކިވަކި މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރާއި ކުރިއެރުމުގެ ރިކޯޑުތައް ބެލެހެއްޓުން
  10. ދަރިވަރުންގެ ކިޔެވުމާއި އަޚުލާޤަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ޓީޗަރުންނާއި ބެލެނިވެރިން އަދި ސުކޫލްގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ހިންގަންޖެހޭ ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން.
  11. ދަރިވަރުންގެ ކުރިއެރުމާބެހޭގޮތުން ބެލެނިވެރިންނާއި، ސުކޫލުގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރުން.
  12. ކުލާހާއި ކުލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސުކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.
  13. ރިލީފް ގަޑި ނެގުން.
  14. ސުކޫލުގައި ހިންގާ ކުލަބު ހަރަކާތްތައް ވިލަރެސްކުރުން
  15. ކިޔަވައިދިނުމާ ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ހާލަތުގައި ސުކޫލުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.
  16. ސުކޫލުގެ ފަރާތުން އިންތިޒާމުކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން.
  17. މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް މިނިށްޓްރީ އޮފް އެޑިއުކޭޝަނުން އެދިއްޖެނަމަ، އެ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުން.
  18. ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.
  19. ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން 35 މިނިޓުގެ 6 ގަޑި ނުވަތަ 45 މިނިޓުގެ 5 ގަޑި  ނަގައި ޓީޗަރެއްގެ މަސްއޫލިއްޔަތު އަދާކުރުން.

ޝަރުތު:

  1. ސަރުކާރު ނުވަތަ ޕްރައިވެޓް ސްކޫލެއްގެ ޓީޗަރެއްގެ ފުލްޓައިމް މަޤާމުގައި ހުރެ، އެ މަޤާމަށް

ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވެ، މަދުވެގެން 2 އަހަރު ދުވަހު ޓީޗަރެއްގެ މަޤާމުގައި

މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ލީޑިންގ ޓީޗަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާނަށް އިޖާބަދީ، މަޤާމަށް ކުރިމަތިލުމަށް އެދި އިދާރާއަށް ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

        

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

ޓީޗަރ، ރޭންކު 1 ގެ ޝަރުތު ފުރިހަމަވުން

20

ޓީޗަރ، ރޭންކު 2 ގެ ޝަރުތު ފުރިހަމަވުން

30

ޓީޗަރ، ރޭންކު 3 ގެ ޝަރުތު ފުރިހަމަވުން

35

ތަޖުރިބާ

އަސާސީ ޝަރުޠަށްވުރެ އިތުރުވާ ތަޖުރިބާ

5

އިންޓަވިއު

 

60

ޕޮއިންޓު ދިނުމުގައި ގެންގުޅޭނެ މިންގަނޑު:

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  1. މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 މޭ 2026 ވާ އަންގާރަ ދުވަހު މެންދުރު 12:00ގެ ކުރިން އަބޫބަކުރު ސްކޫލަށެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް އިޢުލާނަށް ކުރިމަތިލުމަށް ހުށަހަޅާ ސިޓީ/ލިޔުން ބަލައިގަނެވޭނެއެވެ.

ވަޒީފާއަށް އެދޭ ފޯރމް މިސްކޫލްގެ އިދާރާއިން ލިބެން ހުންނާނެވެ. އަދި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 މޭ 2026 އާއި 21 މޭ 2026 އާ ދެމެދު، އަބޫބަކުރު ސްކޫލް ގައެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ A2) ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓު "(A2 ޝީޓު)" އާންމު ކޮށް ފެންނާނެހެން މި އިދާރާ ގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ 2Aޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842753 އަށެވެ. އީ.މެއިލް ކުރާނީ އީ.މެއިލް އެޑްރެސް، [email protected] އަށެވެ.

05 މޭ 2026
ހޯދާ