އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީޕްލޭންގައި ބޭނުންކުރާ ޑިންގީގައި 50 ހޯސްޕަވަރގެ އިންޖީނެއް އެޅުމަށް

އިޢުލާން

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ ސީޕްލޭންގައި ބޭނުންކުރާ ޑިންގީގައި 50 ހޯސްޕަވަރގެ އިންޖީނެއް އެޅުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، އިންޖީނު ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 7 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 15:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް، މ.ރާވެރިގެ، (މަޖީދީމަގު) އަށް ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުން 10 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 15:00 ގައި މި އޮފީހުގައި އޮންނާނެ ވާހަކަ ޢާންމުކޮށް އިޢުލާން ކުރީމެވެ.

އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަދި އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް އަގެއް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

20 ރަބީޢުލްއައްވަލް 1437

31 ޑިސެންބަރު 2015
ހޯދާ