ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓްރާންސްޕޯރޓް މިނިސްޓްރީގެ ޤަވާޢިދާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވުމާބެހޭ
އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން މިދަންނަވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
- ލައިސަންސް ނެތި އެއްގަމު އުޅަނދުފަހަރު ނުދުއްވުން
- ހުރިހާ އުޅަނދެއްގެ އަހަރީފީ ދައްކާފައިވުން
- ހުރިހާ އުޅަނދެއްގެ ރޯޑްވާދިނަސް ހައްދާފައިވުން
- ހުރިހާ އުޅަނދެއް އިންސިއުރެންސް ކޮށްފައިވުން
- ހުރިހާ އުޅަނދެއްގައި ލޯގަނޑު ހަރުކޮށްފައި ހުރުން
- ހުރިހާ އުޅަނދެއްގައި ރަޖިސްޓަރީ ބޯޑް ހަރުކޮށްފައިހުރުން
05 މޭ 2026 ން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި މިކަންކަން ފުރިހަމަ ނުކުރާ އުޅަނދު ފަހަރު ހުއްޓުވުމަށްފަހު ކަމާގުޅޭ އިދާރާތަކުން ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 މޭ 2026
ހޯދާ
