މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސ. ހިތަދޫގައި އެޖެންސީ ޕޯސްޓުއޮފީހެއް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ސ. ހިތަދޫގައި އެޖެންސީ ޕޯސްޓުއޮފީހެއް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ކުންފުނިން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ސ. ހިތަދޫގައި އެޖެންސީ ޕޯސްޓުއޮފީހެއް ހިންގައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަނެއް 10 ޖަނަވަރީ 2016ވާ އާދީއްތަ ދުވަހުގެ 13:00ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 5 ވަނަ ފަންގިފިލާގައި އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޖަނަވަރީ 2016ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅިގެން ކުރިން ކުރެވުނު އިޢުލާން ނަންބަރު 2015/214/ADMHR-MPLފ(17 ޑިސެންބަރު 2015) އަށް އެކަށީގެންވާ ވަރަށް ޕްރޮޕޯޒަލް ހުށަހެޅިފައިނުވާކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

20 ރަބީޢުލްއައްވަލް 1437

31 ޑިސެންބަރު 2015
ހޯދާ