ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 258 ޖަލްސާގެ ނިންމުން އާއްމުކުރުން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 258 ވަނަ ޢާންމު ޖަލްސާގެ ނިންމުން

ތަން:  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 20 ޝައްވާލް 1447 ، 15 އޭޕްރީލް 2026  ބުދަ
ގަޑި: ހެނދުނު 08:30

އެޖެންޑާ 

  1. 08 އޭޕްރީލް 2026 އިން 14 އޭޕްރީލް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން
  2. ކައުންސިލުގެ ޕްރީ ސްކޫލަށް ވައްދާ ރަށުން ބޭރު ރަށްރަށުގެ ކުދިންނާއި ރާއްޖެއިން ބޭރުގެ ދަރިވަރުންގެ އަތުން ފީ ނެގުމުގެ މައްސަލަ
  3. ސްޓޮކް މެނޭޖްމަންޓް ސޮފްޓްވެއާރ އެއް ގަތުމާބެހޭގޮތުން މަޝްވަރާ ކުރުން
  4. 4 ވަނަ ދައުރުގެ 2026/15/4/258/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ޖަލްސާގެ ނިންމުންތަށް

  1. 08 އޭޕްރީލް 2026 އިން 14 އޭޕްރީލް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. ކައުންސިލުގެ ޕްރީ ސްކޫލަށް ވައްދާ ރަށުން ބޭރު ރަށްރަށުގެ ކުދިންނާއި ރާއްޖެއިން ބޭރުގެ ދަރިވަރުންގެ އަތުން ފީ ނެގުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ،
    ރާއްޖެއިން ބޭރުގެ ދަރިވަރަކު ކައުންސިލުގެ ޕްރީ ސްކޫލަށް ވައްދާނަމަ ސްކޫލުގެ އެޑްމިޝަން ފީގެ ގޮތުގައި -/50 ރުފިޔާ ނެގުމަށާއި އަދި މަހު ފީގެ ގޮތުގައި ކޮންމެ މަހަކު -/200 ރުފިޔާ އަދި ޔުނި ފޯމަށާއި ފޮތް ލިސްޓްގެ ޚަރަދު ނެގުމަށެވެ.
    ނަމަވެސް ދިވެހި އައިޑީކާޑެއް ލިބިފައިވާ ކުއްޖަކަށް ވާނަމަ އެފަދަ ދަރިވަރަކާމެދު ޢަމަލު ކުރެވޭނީ މިރަށު ދަރިވަރުންނާ މެދު ޢަމަލުކުރާ ގޮތުގެމަތިން ކަމުގައި ނިންމެވިއެވެ. އަދި މިގޮތުގެ މަތިން ކުރިއަށް ގެންދެވުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.

3. ސްޓޮކް މެނޭޖްމަންޓް ސޮފްޓްވެއާރ އެއް ގަތުމާބެހޭގޮތުން މަޝްވަރާ ކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ގަންނަން ބޭނުންވާ ސްޓޮކް މެނޭޖްމަންޓް ސޮފްޓްވެއާރ އާއި ބެހޭގޮތުން އިތުރު މަޢްލޫމާތު ސާފުކުރުމަށް ފަހު ސްޓޮކް މޭނޭޖްމަންޓް ސޮފްޓްވެއަރ ގަތުމުގެ ބަޖެޓް މައްސަލަ މިއަންނަ ހަފުތާގެ ޖަލްސާއަށް ހުށަހެޅުއްވުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.

4. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2026/15/4/258/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

 

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 258 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ

 

ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ

#

ނަން

މަޤާމު

1

އަލްފާޟިލް   އާދަމް ޝަފީޤް

ސެކްރެޓަރީ ޖެނެރަލް

2

އަލްފާޟިލް   ޔަޙުޔާ ރަޝީދު

 ޑިރެކްޓަރ

3

އަލްފާޟިލް   ޙަސަން ޙަބީބު

އެސިސްޓެންޓް ޑިރެކްޓަރ

 

ޖަލްސާގެ ހާޒިރީ

#

ނަން

ހާޒިރުވި

ހާޒިނުވާ

1

ކައުންސިލް ރައީސް އަހްމަދު މޫސާ

ކ

 

2

ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު

ކ

 

3

ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް

ކ

 

4

ކައުންސިލް މެންބަރު ނަޝްފާ މާހިރު

 

ވިހެއުމާގުޅިގެން ޗުއްޓީގައި

5

ކައުންސިލް މެންބަރު މަރިޔަމް އަލީ

ކ

 

 

 

 

04 މޭ 2026
ހޯދާ