ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 255 ޖަލްސާގެ ނިންމުން އާއްމުކުރުން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 255 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން:  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 29 ރަމަޟާން 1447 ، 25 މާރިޗް 2026  ބުދަ
ގަޑި: ހެނދުނު 08:30

އެޖެންޑާ 

  1. 18 މާރިޗް 2026 އިން 24 މާރިޗް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން
  2. މި ރަމަޟާން މަހު މަސްޖިދުލް އަމާނަތުގައި އިމާމުވެ ތަރާވީޙް  ނަމާދު ކުރާ ހާފިޒަށް -/6000 ރުފިޔާގެ އެލަވަންސް ދިނުމުގެ މައްސަލަ.
  3. ރައީސް އަލްފާޟިލް އަޙުމަދު މޫސާ ޗުއްޓީ އަށް ފެއްޓެވުން
  4. 4 ވަނަ ދައުރުގެ 2026/12/4/255/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން 

ޖަލްސާގެ ނިންމުންތަށް 

  1. 18 މާރިޗް 2026 އިން 24 މާރިޗް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން
  2. މިއަހަރުގެ ރަމަޟާން މަހުގައި މި ރަމަޟާން މަހު މަސްޖިދުލް އަމާނަތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާ ހާފިޒް ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ އަލްޤާރީ މުޙައްމަދު ސަލްމާން އަރުޝަދު އަށް ތަރާވީޙު ނަމާދުގެ އެލަވަންސްގެ ގޮތުގައި -/6000 ރުފިޔާގެ އެލަވަންސް ދިނުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު މި ރަމަޟާން މަހު މަސްޖިދުލް އަމާނަތުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރެއްވި ހާފިޒަށް -/6000 ރުފިޔާގެ( ހަ ހާސް ރުފިޔާ ) އެލަވަންސް ބަޖެޓުން ޚަރަދު ކުރުމާމެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
  3. ރައީސް އަލްފާޟިލް އަޙުމަދު މޫސާ 26 މާރިޗް 2026 ގައި ޗުއްޓީ އަށް ފެއްޓެވުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ޚިޔާލު ފާޅުކުރެއްވުމަށް ފަހު ކައުންސިލުގެ ރައީސް އަލްފާޟިލް އަޙުމަދު މޫސާ އެނބުރި މަސައްކަތަށް ނިކުންނެވުމާ ހަމަޔަށް ކައުންސިލުގެ އިދާރާ ހިންގެވުން ކައުންސިލުގެ ނައިބް ރައީސް އަލްފާޟިލް މުޙައްމަދު މުނީރު   އާއި ޙަވާލު ކުރެއްވުމަށް މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
  4. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2026/12/4/255/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 255 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ

ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ

#

ނަން

މަޤާމު

1

އަލްފާޟިލް   އާދަމް ޝަފީޤް

ސެކްރެޓަރީ ޖެނެރަލް

2

އަލްފާޟިލް   ޔަޙުޔާ ރަޝީދު

 ޑިރެކްޓަރ

3

އަލްފާޟިލް   ޙަސަން ޙަބީބު

އެސިސްޓެންޓް ޑިރެކްޓަރ

ޖަލްސާގެ ހާޒިރީ

#

ނަން

ހާޒިރުވި

ހާޒިނުވާ

1

ކައުންސިލް ރައީސް އަހްމަދު މޫސާ

ކ

 

2

ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު

ކ

 

3

ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް

ކ

 

4

ކައުންސިލް މެންބަރު ނަޝްފާ މާހިރު

 

ވިހެއުމާގުޅިގެން ޗުއްޓީގައި

5

ކައުންސިލް މެންބަރު މަރިޔަމް އަލީ

ކ

 

 

 

 

04 މޭ 2026
ހޯދާ