ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 251 ޖަލްސާގެ ނިންމުން އާއްމުކުރުން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 251 ވަނަ ޢާންމު ޖަލްސާގެ ނިންމުން

ތަން:  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 08 ރަމަޟާން 1447 ، 25 ފެބުރުއަރީ 2026  ބުދަ
ގަޑި: ހެނދުނު 08:30

އެޖެންޑާ 

  1. 18 ފެބުރުއަރީ 2026 އިން 24 ފެބުރުއަރީ 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން
  2. ކައުންސިލް އިން ކުއްޔަށް ދޫކޮށްފައިވާ 4 ބިމެއްގެ މުއްދަތު ހަމަވާތީ އެ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ
  3. 4 ވަނަ ދައުރުގެ 2026/08/4/251/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ޖަލްސާގެ ނިންމުންތަށް

  1. 18 ފެބުރުއަރީ 2026 އިން 24 ފެބުރުއަރީ 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. ކައުންސިލް އިން ކުއްޔަށް ދޫކޮށްފައިވާ 4 ބިމެއްގެ މުއްދަތު ހަމަވާތީ އެ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ކައުންސިލް އިން ކުއްޔަށް ދޫކޮށްފައިވާ 4 ބިމެއްގެ މުއްދަތު ހަމަވާތީ އެ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަތައް ކުރިއަށް ގެންދެވުވުމާމެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
    މި ހިނގާ ކައުންސިލުގެ ދައުރު ހަމަވަނީ 17 މެއި 2026 ކަމުގައި ވާތީ އެތާރީޚް، 17 މެއި 2026 ގެ ފަހުން 03   މަސް ދުވަހަށް ވުރެ އިރު ނުވާގޮތަށް ބިމުގެ މުއްދަތު އިތުރު ކުރުން
    މި މުއްދަތުގައި މިހާރުގެ އެގްރީމެންޓްގައިވާ ބިމުގެ ކުއްޔަށް ބަދަލު ނުގެނައުން
    17 މެއި 2026 ގައި އަލަށް އިންތިޚާބު ކުރެވޭ ކައުންސިލު މަސްއޫލިއްޔަތާއި ޙަވާލުވެ ހުވައިކުރުމާ ހަމަޔަށް މިފަދައިން ހުށަހެޅޭ ބިމާބެހޭ އެހެނިހެން މައްސަލަ ތަކުގައިވެސް ޢަމަލުކުރުން

އަދި ބިމާގުޅުން ހުރި މިފަދަ އެއްވެސް މައްސަލައެއް ނިންމަވާނީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ލިޔުމުން ހޯއްދަވައިގެން ކަމުގައިވެސް މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.

3. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2026/08/4/251/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 251 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ

ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ

#

ނަން

މަޤާމު

1

އަލްފާޟިލް   އާދަމް ޝަފީޤް

ސެކްރެޓަރީ ޖެނެރަލް

2

އަލްފާޟިލް   ޔަޙުޔާ ރަޝީދު

 ޑިރެކްޓަރ

3

އަލްފާޟިލް   ޙަސަން ޙަބީބު

އެސިސްޓެންޓް ޑިރެކްޓަރ

 

ޖަލްސާގެ ހާޒިރީ

#

ނަން

ހާޒިރުވި

ހާޒިނުވާ

1

ކައުންސިލް ރައީސް އަހްމަދު މޫސާ

ކ

 

2

ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު

ކ

 

3

ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް

ކ

 

4

ކައުންސިލް މެންބަރު ނަޝްފާ މާހިރު

 

ވިހެއުމާގުޅިގެން ޗުއްޓީގައި

5

ކައުންސިލް މެންބަރު މަރިޔަމް އަލީ

ކ

 

04 މޭ 2026
ހޯދާ