ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކުނިއަޅާ ސަރަހައްދާބެހޭ

އިޢުލާން

1 ޖަނަވަރީ 2016 ން ފެށިގެން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ. ވީމާ، މި ތާރީޚުން ފެށިގެން މާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ޚިދުމަތް ދޭނީ މި ކޯޕަރޭޝަނުން ކަމާއި އަދި ތިލަފުއްޓަށް އުކާލާ ކުނިން ނަގާ ފިީ ބަލައިގަންނާނީ މި ކޯޕަރޭޝަނުންނެވެ.

މީގެ އިތުރުން، 31 ޑިސެންބަރު 2015 ގެ ދަންވަރު 12:00ން ފެށިގެން ވިލިނިގިލީ ފެރީ ޓަރމިނަލް ސަރަހައްދުގައި ކުނިއެޅުމަށް ބަހައްޓާފައިވާ އުފުލިތައް އެމް.ޕީ.އެލް ސަރަހައްދަށް (މީރުބަހުރު ބަނދަރުން ވަންނަ ގޮތަށް) ބަދަލުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި ސަރަހައްދަށް އުފުލިތައް ބަދަލުކުރުމަށްފަހު، ކުނިވާ ޒާތުގެ އެއްވެސް އެއްޗެއް އުފުލިތަކަށް ބަރު ނުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

އަދި ކުނިވާ ޒާތުގެ ކުނި އުކާލުމަށް ހަމަޖެހިފައިވަނީ މިހާރުވެސް މާލެއިން ދޯނިގައި ކުނި އުކާލުމަށް ގެންދާ ސަރަހައްދުގައިކަމުގައި އާންމުކޮށް އަންގައި އިއުލާން ކުރަމެވެ.

20 ރަބީޢުލްއައްވަލް 2015

31 ޑިސެންބަރު 2015
ހޯދާ