ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ

ވަޒީފާގެ ފުރުސަތު

 

މަޤާމް:              އެސިސްޓަންޓް ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:          01 (އެކެއް)

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           ޕަބްލިކް ސަރވިސް ރޭންކް 4  - ހަރުފަތް 1  

މަޤާމުގެ ކްލެސިފިކޭޝަން:    ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަންޖެހޭ ތަން:   ހެޑް އޮފީސް / މާލެ

މުސާރަ:                -/8,595 ރުފިޔާ

އެހެނިހެން އިނާޔަތް:

  1. މަޤާމުގެ އެލަވަންސް: 2,575/- ރުފިޔާ
  2. ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް 70/- ރުފިޔާ
  3.  ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
  4. ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  1. ޕީޖީ ބިއުރޯއަށް އަންނަ ސިޓީތަކާއި އީ-މެއިލްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ޖަވާބުދިނުން.
  2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓްތަކާއި އެހެނިހެން ބައްދަލްވުންތަކާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އަންނަ ދަޢުވަތުތަކުގެ ހުރިހާ ކަންކަން ބެލެހެއްޓުން.
  3. އަހަރީ ރިޕޯޓަށް ބިއުރޯއިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  4. ޕީޖީ ބިއުރޯއަށް އަންނަ ލިޔެކިޔުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން.
  5. އޮފީހުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުތާއި، އޮފީހުން މީޑިއާއާ ޙިއްޞާކުރުމަށް ބޭނުންވާ މަޢުލޫމާތު މި އޮފީހުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ލިޔެ، އެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  6. ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ ޙާލަތްތަކުގައި މި އޮފީހުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި، މީޑިއާ އިންޓަރވިއުތަކުގައި ބައިވެރިވުން.
  7. އޮފީހުން ބާއްވާ އިވެންޓްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް މީޑިއާއާ ޙިއްޞާކުރުން.
  8. ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ އިރުޝާދާއެކު މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރުން.
  9. އޮފީހުން ބާއްވާ އިވެންޓުތަކާއި، އޮފީހުގެ އެހެނިހެން ހަރަކާތްތަކާއި، މީޓިންގތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވާ ބައްދަލުވުންތަކުގެ ވިޝުއަލް ކޮންޓެންޓު (ފޮޓޯ، ވީޑިއޯ) ތައްޔާރުކޮށް، އެޑިޓްކޮށް، ޝާއިޢުކޮށް، އާރކައިވްކުރުން.
  10. މި އޮފީހުން ބާއްވާ އިވެންޓްތަކުގެ ޚަބަރު ލިޔެ ޕޯސްޓުކުރުމާއި، ވެބްސައިޓާއި، ސޯޝަލް މީޑިއާ އެކައުންޓުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
  11. މި އޮފީހުގެ ސޯޝަލް މީޑިއާ (ޔޫޓިއުބް، ފޭސްބުކް، އެކްސް، ޓިކްޓޮކް، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ ފޮޓޯ އަދި ވީޑިއޯ ގްރެފިކްސް ކޮންޓެންޓު ތައްޔާރުކުރުމާއި، މި ކަންކަމުގައި ލަފާދިނުން.
  12. ޕްރޮސިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ އިރުޝާދުގެ ދަށުން މި އޮފީހުން ނެރޭ ނޫސްބަޔާންތައް ޑްރާފްޓު ކުރުން.
  13. މި އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ އިންތިޒާމު ހަމަޖެއްސުމާއި، މީޑިއާއަށް ދަޢުވަތު ދިނުމާއި، އަދި މީޑިއާތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ވަސީލަތްތަކާއި، މަޢުލޫމާތު އެއްކޮށް، ފޯރުކޮށްދިނުން.
  14. މި އޮފީހުން މީޑިއަށް ދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަދި މީޑިއާއިން މި އޮފީހުން ހޯދަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  15. މީގެ އިތުރުންވެސް އިސްވެ ދެންނެވުނު މަސްޢޫލިއްޔަތުތަކާ ގުޅުންހުރި، މި އޮފީހުން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ތައުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

މަޤާމުގެ މަސައްކަތާ ގުޅޭ

އެޑްމިނިސްޓްރޭޝަން ދާޢިރާ / މެނޭޖްމަންޓް ދާއިރާ / މީޑިއާ ދާއިރާ

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  12 މެއި 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  1. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 މެއި 2026 – 12 ޖޫން 2026 ވަނަ ދުވަހު މާލޭގައެވެ.

 

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-      މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-      ވަނަވަރު

4-      ދރއ. ކާޑުގެ ކޮޕީ

5-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

17 ޛުލްޤަޢިދާ 1447

4 މެއި 2026

04 މޭ 2026
ހޯދާ