މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަލޮޅު މޯޗަރީ ރީލޮކޭޓްކުރުމަށްޓަކައި ހުޅުމާލެ ސަހަރާ މިސްކިތުގެ ބިމުގައި މޯޗަރީގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ،

ގަލޮޅު ސަހަރާގައި ހުރި މޯޗަރީ ހުޅުމާލެ ސަހަރާއަށް ބަދަލުކުރުމަށްޓަކައި ހުޅުމާލެ ސަހަރާގައި ހަދަންޖެހޭ އިމާރާތް ހެދުމާއި، ހުޅުމާލެ ސަހަރާގައި އެއިމާރާތް ހަދައި ނިމުމުން ގަލޮޅު ސަހަރާ މޯޗަރީ އިން ހުޅުމާލެ ސަހަރާގައި ހެދި އިމާރާތަށް ބަދަލުކުރަންޖެހޭ ތަކެތި ބަދަލުކޮށް އެތަކެތި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ. 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

07 މެއި 2026 (ބުރާސްފަތި)

10:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

އަގު ހުށަހެޅުން

12 މެއި 2026 (އަންގާރަ)

10:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

  

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތްތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

  

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.  
  • މަޢުލޫމާތު ސެޝަނަށް ޚާޟިރުވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.
04 މޭ 2026
ހޯދާ