ދިވެހިރާއްޖެ
އިޢުލާން
ސ.މަރަދޫފޭދޫގެ އޮފީސް ޢިމާރާތުގެ އެސްޓެންޝަން ޑިޒައިން ކުރުމާގުޅޭ
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިކުންފުނީގެ ސ.މަރަދޫފޭދޫ އޮފީސް އެކްސްޓެންޝަން ޑިޒައިންކޮށް ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ސ.މަރަދޫފޭދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ސ.މަރަދޫފޭދޫ ބްރާންޗަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.
24 ރަބީޢުލްއައްވަލް 1437