ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއިން ކުރިން ކޮށްފައިވާ ނަންބަރު (IUL)391/391/2026/32 އިޢުލާން ބާޠިލްކޮށް، ބަނދަރު ސަރަހައްދުގައި ހުރި ރުއްތައް ކުއްޔަށް ދިނުމަށް އަލުން އިޢުލާން ކުރަމެވެ.
މި ސަރަހައްދުގައި ހުރި ރުއްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މި ރުއްތައް ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކު -/500 (ފަސްސަތޭކަ) ރުފިޔާއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުއްޔަށް ހިފުމަށް ބޭނުންވާ އަގު ބަޔާންކޮށް 05 މެއި 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
- އަންދާސީ ހިސާބު ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ، މިކަމަށް ތައްޔާރުކޮށް މިއިދާރާއިން ދޫކުރާ ފޯމުގައެވެ.
- މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާއެކު އަގު ހުށަހަޅާ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ.
މިހެންވެ، މިވާހަކަ ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
