ޑްރަގް ކޯޓު
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ކޯޓު އޮފިސަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 3   

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން/ޔުނިޓް: ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އެޗް. އާރު. ޔުނިޓް

މަސައްކަތް ކުރަންޖެހޭ ތަން:

ޑްރަގް ކޯޓު / ކ. މާލެ

އަސާސީ މުސާރަ:

-/4،465 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޝަރީޢަތުގެ މަޖިލިހަށް ވެއްދޭ ފަރާތްތައް ހެދުން އަޅާފައިވަނީ ކޯޓަށް ހާޒިރުވާ ފަރާތްތައް އަޅަންޖެހޭ ހެދުމާބެހޭ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން.
  • ޝަރީޢަތުގެ މަޖިލިހަށް ވެއްދޭ ފަރާތްތައް މަޖިލިހަށް ވައްދައި، އެމީހަކަށް ޚާއްޞަކުރެވިފައިވާ ތަނެއްގައި އެމީހަކު ބޭންދުން.
  • ޝަރީޢަތް ފެށުމުގެ ކުރިން ބޭނުންވާނެ ލިޔެކިއުމުގެ ސާމާނާއި، ސޮއިކޮށް އިނގިލީގެ ނިޝާންޖަހައި ދެލި ފޮހުމަށް ބޭނުންވާ ސާމާނު ހަމަކޮށް، ޤަޟިއްޔާގެ ފައިލު ބެންޗަށް ލައި، ޝަރީޢަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވުމުން މައްސަލަ ބަލާ ޤާޟީއަށް އެކަން އެންގުން.
  • ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  • ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެ ބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވައި އިނގިލީގެ ނިޝާން ޖެއްސުވުން.
  • ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޓައިޕުކޮށް ތައްޔާރުކުރުން.

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

 

1- ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5- ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭނެ ރަސްމީ ލިޔުމެއް (އަދާކުރި ވަޒީފާގެ ރޭންކަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެ)

6- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

7- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި:

2016 ޖަނަވަރީ 12 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

ނޯޓް:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން  ހުށަހަޅަންޖެހޭ  ވަޒީފާއަށް  އެދޭ  ފޯމު،  މި  ކޯޓުގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ www.drugcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ 3018556 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް:

ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

20 ރަބީޢުލްއައްޥަލް 1437

31 ޑިސެންބަރު 2015
ހޯދާ