ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ އާބާދީ މައިޒާން ވަގުތީގޮތުން ބަންދުކުރުން

އިޢުލާން

ތިނަދޫ އާބާދީ މައިޒާން ވަގުތީގޮތުން ބަންދުކުރުން

                    ތިނަދޫ މިއުޒިއަމް ޕާކުގެ ހުޅަނގު ފަރާތުގައި ބެހެއްޓިފައިވާ ކުޑަކުދިން ކުޅޭ އައުޓްޑޯ ޕްލޭސެޓްތައް ބައުވެ، ބައެއް ބައިތައް ހަލާކުވެފައިވުމުގެ ސަބަބުންނާއި އިމާރާތުގެ ބައެއް ބައިތައް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެތީ، އާބާދީ މައިޒާން ބޭރުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެސަރަޙައްދު އާންމުންނަށް މިހާރު ވަނީ ބަންދުކުރެވިފައިއެވެ.

                   ވީމާ، އާންމު ރައްޔިތުން މިކަމަށް ސަމާލުކަން ދެއްވައި، ތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށާއި، ބަންދުކުރެވިފައިވާ ސަރަޙައްދަށް ކުޑަކުދިން ނުވެއްދުމަށް އިލްތިމާސްކުރަމެވެ. އަދި އާބާދީ މައިޒާނުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ކުރިޔަށް ގެންދާނެ ވާހަކަ ދެންނެވީމެވެ.

                ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

03 މޭ 2026
ހޯދާ