ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިޕްލޮމާ އިން އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން

އިޢުލާން

ޑިޕްލޮމާ އިން އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން

މި ކޯހަށް  ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 13 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ ޔުނިވަރސިޓީގެ ކައުންޓަރުންނެވެ.

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެފީ

ޑިޕްލޮމާ

ޑިޕްލޮމާ އިން އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން

ހ. މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވެލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ،  

ރ. ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ 3 މާއްދާއިން ދަށްވެގެން "ސީ" ފާހަށްވުރެ މަތިން ލިބިފައިވުމުގެ އިތުރުން ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް)

-/1440

 

 

 

 

 

 

 

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް ދެވޭ އިރުޝާދު

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ލިބިފައިވާ (ވަނުމަށް އެދޭ ކޯހަށް ބޭނުންވާ) ސަނަދުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 2 ފޮޓޯ.
  • އެންމެ ފަހުން އުޅުނު ސްކޫލް/ ކޮލެޖްގެ ލީވިންގ ސެޓްފިކެޓް ކޮޕީ. (ސާނަވީ އިމްތިހާނުތަކުގެ ނަތީޖާ ނުވަތަ ސަނަދެއް ހުށަހަޅާފައިނުވާނަމަ)
  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
  • އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 2 ދުވަސް ކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ރަޖިސްޓްރޭޝަން އޮންނާނީ 11، 13 އަދި 14 ޖަނަވަރީ 2016  މި ތިން ދުވަހުއެވެ.
  • އޮރިއެންޓޭޝަން އޮންނާނީ 16 ޖަނަވަރީ 2016 ވާ ހޮނިހިރު ދުވަހުއެވެ.
  • ކިޔެވުން ފެށޭނީ 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުއެވެ.
  • ކޯސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން ކޯހުގައި ބައިވެރިވުމުންނެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:  3322718 ނަންބަރެވެ.

ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. މީގެ އިތުރުން އިދާރާއިންވެސް ލިބިވަޑައި ގަންނަވާނެއެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 13:00 އަށެވެ.

ކޯހަށް ވަނުމަށްއެދޭ ފޯމު ޔުނިވަރސިޓީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

18 ރަބީޢުލްއައްވަލް 1437

29 ޑިސެންބަރު 2015
ހޯދާ