ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކ.މާފުށި އިންޖީނުގޭގައި ހުރި ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެ

އިޢުލާން

ކ.މާފުށި އިންޖީނުގޭގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

- 1 ޓްރާންސް ފޯމަރު        ( 315 KVA ) ހަލާކުވެފައި ހުރި

- 1 ޓްރާންސް ފޯމަރު        ( 300 KVA ) ހަލާކުވެފައި ހުރި

- 1 ކަމިންސް ޖަނަރޭޓަރ ސެޓް ( 600 KW )  ހަލާކުވެފައި ހުރި

- 1 ކަމިންސް އިންޖީނު ބްލޮކް  250 KVA )  ހަލާކުވެފައި ހުރި

މި ތަކެތީގެ ނީލަން ފެށޭ އަގަކީ 45,000.00ރ (ސާޅީސް ފަސް ހާސް ރުފިޔާ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 1,000.00ރ (އެއް ހާސް ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވާ މަޢުލުމާތު ސާފުކުރެއްވުމަށް ފަހު، ނީލަން ފެށޭ އަގުގެ %50 އަށް ވާ 22,500.00ރ (ބާވީސް ހާސް ފަސް ސަތޭކަ ރުފިޔާ) ގެ ޑިޕޮޒިޓް ދެއްކެވުމަށް ފަހު، ފައިސާ ދެއްކެވި ރަޝީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2016 ޖަނަވަރީ 03 އާދީއްތަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދެވުން އެދެމެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެ ފަރާތަށް ބައިވެރިނުވެވޭނެއެވެ. އަދި އެ ފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާވެސް ނުލިބޭނެއެވެ.

ނީލަމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރެއްވި ފަރާތް ނޫން އެެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނީމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 7 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ޙަވާލު ކުރެވޭނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6640002 ފޯނާ ގުޅުއްވުން އެދެމެވެ.

27 ރަބީޢުލްއައްވަލް 1437                    

28 ޑިސެންބަރު 2015
ހޯދާ