މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުމްރާދަތުރަށް ގުރުއަތު ނެގުމުގެ ހަފްލާގެ ދަޢުވަތު

އުމްރާދަތުރަށް ގުރުއަތު ނެގުމުގެ ހަފްލާގެ ދަޢުވަތު

 

މިކައުންސިލުގެ ނަންބަރ: (IUL)272/272/2026/22 އިޢުލާނުން، ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޞިލް އަމީން ފައިސަލް، ނޫމަރާގެ ރައްޔިތުންގެ ތެރެއިން އެއް ބޭފުޅަކަށް ދެއްވަވާ އުމްރާދަތުރަށް އެދި ހުށަހެޅި ފަރާތްތަކުގެ ފައިނަލް ލިސްޓް ވާނީ އާންމުކުރެވިފައެވެ. މިދަތުރަށް ހޮވޭ ނަސީބުވެރިއަކު ކަނޑުއެޅުމަށް ހަމަޖެހިފައިވަނީ އާންމުކުރެވިފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. މިކަމަށްޓަކައި ބޭއްވޭ ޙާއްސަ ހަފްލާ، 3 މޭ 2026 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލުގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ.

 

އެހެންކަމުން، ދަތުރަށް އެދި ހުށަހެޅުއްވި އެންމެހާ ފަރާތްތަކަށާއި ހަފްލާބައްލަވާލެއްވުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް މިހަފްލާގައި ބައިވެރިވުމަށް ދަޢުވަތުއަރުވާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 އޭޕްރިލް 2026
ހޯދާ