ދިވެހިރާއްޖެ
މި އިޢުލާންވަނީ 30 އޭޕްރިލް 2026 11:34 ގައި ބާތިލް ކުރެވިފައެވެ.
މި ފެކަލްޓީގެ އިއުލާން ނަންބަރ MNU-FA/IUL/2026/02 އާ ހަވާލާދީ ދަންނަވަމެވެ، މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން، 2026 މޭ 05ވާ އަންގާރަ ދުވަހު އޮންނާނެއެވެ. ނީލަންކިޔުން އޮންނާނީ، ފެކަލްޓީ އޮފް އާޓްސް (އެފް.އެޗް.ޓީ.އެސް ބިލްޑިންގ، އީ ބްލޮކްގެ 6ވަނަ ފަންގިފިލާގައި) ގައެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 މޭ 03ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00އަށް އީ ބްލޮކްގެ 6ވަނަ ފަންގިފިލާގައި ހުންނަ ފެކަލްޓީ އޮފް އާޓްސް (އެފް.އެޗް.ޓީ.އެސް ބިލްޑިންގ)އަށް ހާޒިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން، 2026 މޭ 05ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00އަށް އީ ބްލޮކްގެ 6ވަނަ ފަންގިފިލާ، ފެކަލްޓީ އޮފް އާޓްސްއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މި ތަކެތި ނީލަން މި ކިޔަނީ 3 ވަނަ ފަހަރަށް ކަމަށްވާތީ، މި ތަކެތީގެ ޖުމްލަ އަގު ކުޑަކުރެވިފައިވާ ވާހަކަ ދަންނަވަމެވެ
