މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމާބެހޭ
އިޢުލާން
އިމާރާތެއް ކުއްޔަށް ހިފުމާބެހޭ
މި ކުންފުންޏަށް އއ.ރަސްދޫއިން އޮފީސް އިމާރާތަކަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 7 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 07 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބައިވެރިނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިމާރާތް ހޯދަން ބޭނުންވާ ރަށް:
- އއ.ރަސްދޫ
ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާ ބެހޭ ތަފުސީލު
- އިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
- ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ ޢިމާރާތަކަށްވުން
- ޢިމާރާތުގެ ރަޖިސްޓަރީ ކޮޕީ ހުށަހެޅުން
- ޢިމާރާތް ހުރި ސަރަޙައްދު ބަޔާންކުރުން
- ޢިމާރާތުގެ ކުލި ބަޔާން ކުރުން
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް
- ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން
- ޢިމާރާތުގައި ވަކިން ފޯނުލައިން އަޅާފައި ހުރުން
- ޢިމާރާތުގައި ވަކިން ފަޚާނާ ހުރުން
- ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ގޮތަށް ހޯދޭ ޢިމާރާތަކަށްވާތީ ޢިމާރާތުގެ ޚިދުމަތް ދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
- ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން).
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރި ގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން
މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު: %20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
17 ރަބީޢުލްއައްވަލް 1437
28 ޑިސެންބަރު 2015
ހޯދާ