ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކަނޑުދަތުރުކުރާނޭ އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މި އެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުންނާއި ހުޅުމާލެ ހާފްވޭ ހައުސްއިން ކ.މާލެއާ ދެމެދުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި 1 (އެކެއް) އަހަރުދުވަހުގެ މުއްދަތައް ކަނޑުދަތުރުކުރާނޭ އުޅަނދެއް މި އެޖެންސީއަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

04 ޖަނަވަރީ 2016

ހޯމަ

10:00 (މެންދުރު)

އަންދާސީހިސާބު ހުށަހެޅުއްވުން

07 ޖަނަވަރީ 2016

ބުރާސްފަތި

10:00 (މެންދުރު)

17 ރަބީޢުލްއައްވަލް 1437

28 ޑިސެންބަރު 2015
ހޯދާ