ދިވެހިރާއްޖެ
އަބޫބަކުރު ސްކޫލް ހޯލް އިމާރާތުގެ ނަލަފިލާ އަދި ސީލިންގ މަރާމާތުކުރުމާ ގުޅޭ
|
މަސައްކަތް |
މި ސްކޫލްގެ ހޯލް އިމާރާތުގެ ނަލަފިލާ އަދި ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް (ކުރީގެ އިއުލާން ނަންބަރު(IUL)GS-73/INDIV/2026/1) އިޢުލާނާ ގުޅިގެން، މި ސްކޫލްގެ ހޯލް އިމާރާތުގެ ނަލަފިލާ އަދި ސީލިންގ މަރާމާތުކުރުމަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް، އަލުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. |
|
ބީލަން ހުށެހެޅުމަށް ރަޖިސްޓްރީ ކުރުން |
29 އެޕްރީލް 2026 އިން 10 މޭ 2026 ދެމެދު މި ސްކޫލުގެ އީ. މެއިލް [email protected])) އަށް ފޮނުއްވައިގެން ނުވަތަ މި އިދާރާގެ ފޯން: 6842095 އަށް ގުޅުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި 6842092 ނުވަތަ 6842095 އަށް ގުޅުއްވުން އެދެމެވެ. |
|
ޕްރީ ބިޑް މީޓިންގ ގެ މަޢުލޫމާތު |
ގަޑި: 13:30 ތާރީޚް: 14 މޭ 2026 (ބުރާސްފަތި) ތަން: އަބޫބަކުރު ސްކޫލް |
|
އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ސުންގަޑި |
އަންދ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 21 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެއެވެ. |
|
ޝަރުތު |
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. |
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ/އަމިއްލަ ފަރާތުގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަނެއް"ގެ ގޮތުން މި ސްކޫލުން އީމެއިލް ކުރާނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 30 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑެރެހަށް އީމެއިލް ފޮނުއްވުން އެދެމެވެ.
އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ
އީ-މެއިލް: [email protected]
