އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލުގައި އިމާރާތްކޮށްފައިވާ 2 ކުލާސްރޫމް އިމާރާތުގެ މަރާމާތު މަސައްކަތްތައްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
ސްކޫލުގައި އިމާރާތްކޮށްފައިވާ 2 ކުލާސްރޫމް އިމާރާތުގެ މަރާމާތު މަސައްކަތްތައްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:
- ސްކޫލުގައި އިމާރާތްކޮށްފައިވާ 2 ކުލާސްރޫމުގެ އިމާރާތުގެ މަރާމާތު މަސައްކަތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އެޕްރީލް 29 ން 2026 މެއި 3ގެ 13:00 ގެ ނިޔަލަށްސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 މެއި 4 ވާ ހޯމަ ދުވަހުގެ 13:00ގައި މިސްކޫލު ގައެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މެއި 3 ވަނަ ދުވަހުގެ 13:00 ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 މެއި 07 ވަނަ ދުވަހުގެ13:00 ގައި މިސްކޫލުގެ އޮފީހުގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން މަސައްކަތް ކުރަންޖެހޭ ތަނާއި މަސައްކަތްތައް 2026 އެޕްރީލް 29 އިންފެށިގެން 2026 މެއި 03 ގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
- މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތާއި ބިޑް ރަޖިސްޓްރީ ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރ.އަނގޮޅިތީމް ސްކޫލު
ފޯން: 6580357
އީމެއިލް: [email protected]
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
29 އޭޕްރިލް 2026
ހޯދާ
