މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު އައުން

މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕަރސަންގެ މަޤާމުގައި ހުންނެވި، އަލްފާޟިލް މުޙައްމަދު ޢަފީފް ޙުސައިން، 26 އެޕްރީލް 2026 ވަނަ ދުވަހު އެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ހުށަހަޅާފައިވާތީ، އެބޯޑުގެ ނަންބަރު: 454/MTCC/2026/1 ސިޓީއިން އެ ބޭފުޅާގެ އިސްތިޢުފާ ޤަބޫލުކުރައްވައި މި ކުންފުންޏަށް އަންގާފައިވާތީ ދަންނަވަމެވެ.

މި ބަދަލާއެކު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

 

#

ފުރިހަމަ ނަން

އެޑްރެސް

މަޤާމް

1

ޑީ.ސީ.ޕީ (ރޓޑ) އަޙްމަދު ސަޢުދީ

އަލިމަސްގެ / ހއ. ހޯރަފުށި

މެނޭޖިންގ ޑިރެކްޓަރ / އެގްޒެކެޓިވް ޑިރެކްޓަރ

2

އަލްފާޟިލް މުޙައްމަދު ޖަމްޝީދު

ވ. ލަކީސެވަން / ކ. މާލެ

ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ / އެގްޒެކެޓިވް ޑިރެކްޓަރ

3

އަލްފާޟިލް މުޙައްމަދު ޢިމްރާން ޢަދުނާނު

މ.މެއިންޒް / ކ. މާލެ

ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރ

4

އަލްފާޟިލް ނަޞްރަތު މުޙައްމަދު

ހެޕީނައިޓް، ގއ. ވިލިނގިލި

ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރ

5

އަލްފާޟިލް ޢަލީ ނާއިލް

ހ. ފަށަން / ކ. މާލެ

ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރ

6

އަލްފާޟިލް ޔާސީން ޙުސައިން

ހުޅުމާލެ ހިޔާ – 08-01-04 / ކ. މާލެ

ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރ

 

ވީމާ މިކަން ކުންފުނީގެ ޙިއްޞާދާރުންނަށާއި ކަމާބެހޭ ފަރާތްތަތުގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

28 އޭޕްރިލް 2026
ހޯދާ