ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދު ސާފުކުރުމާއި ގުޅޭ.

ބަނދަރު ސަރަޙައްދުގެ އެކި ތަންތަނަށް އޮޑިވެރިންގެ ފަރާތުން ބައެއް ތަކެތި ދޫކޮށްލެވި ގިނަދުވަސްވެފައިވާކަން މިކައުންސިލަށް ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން ބަދަނރު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވަމުންދާ ކަމުގެ ޝަކުވާ މިކައުންސިލަށް ލިބިފައިވެއެވެ. ބަނދަރަކީ އާންމު ރައްޔިތުންނަށް ބޭނުންކުރުމަށް ފަސޭހަ ތަނަކަށް ހެދުމަށާއި ތަން ރީތިކޮށް ސާފުކޮށްފައި ބޭއްވުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ، މިދެންނެވުނު ތަކެތި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. މިމުއްދަތުގައި ނުނަގާ ހުންނަ ތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތިކަމަށް ބަލައި ނައްތާލުމުގެ ކަންކަން ކައުންސިލުން ކުރިޔަށްގެންދާނެވާހަކަ ދަންނަވަމެވެ.

                މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޭޕްރިލް 2026
ހޯދާ