ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދޯންޏެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަނަށް ދޯންޏެއް ގަންނަން ބޭނުންވެއްޖެއެވެ. ދޯނި ގަތުމުގައި ބަލާނެ ކަންކަން ތިރީގައި ފާހަގަ ކުރެވިފައި މިވަނީއެވެ.

  • ދިގު މިނުގައި 70-60 ފޫޓު ހުރުން
  • ހިޔާ ކުރެވިފައިވާ ދޯންޏެއް ކަމުގައިވުން
  • ގަޑިއަކު މަދުވެގެން 8 މޭލު ބާރު މިނުގައި ދުވުން
  • "ރަނިންގ ކޮންޑިޝަން" ގައި އޮތް ދޯންޏެއް ކަމުގައިވުން

ވީމާ، ދޯނި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ޖަނަވަރީ 2016 ވާ ދުވަހުގެ 13:00 އަށް ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަނުގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖަނަވަރީ 2016 ވާ ދުވަހުގެ 13:00 އަށް (ބިޑް ޑޮކިއުމެންޓުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަނުގެ މައި އޮފީހުގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅަން ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އައިޑީ ކާޑުގެ ކޮޕީއާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ.

މި ބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް http://hdc.com.mv/announcements އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީ ގެ 3355193 ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 ރަބީޢުލްއައްވަލް 1437

31 ޑިސެންބަރު 2015
ހޯދާ