ދިވެހިރާއްޖެ
އިޢުލާން
|
މަޤާމު |
ހެލްތު ކެއަރ އެޓެންޑެންޓު ގްރޭޑް 1 |
||||||||
|
މަޤާމުގެ ނަންބަރު |
|||||||||
|
ބޭނުންވާ އަދަދު |
01 (އެކެއް) |
||||||||
|
މަޤާމުގެ ގިންތި |
ދާއިމީ |
||||||||
|
މަޤާމުގެ ރޭންކް |
ޕަބްލިކް ސާވިސް ރޭންކް 1 ސްޓެޕް 1 |
||||||||
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
ކަމަދޫ ޞިއްޙީ މަރުކަޒު |
||||||||
|
މަޤާމުގެ އަސާސީ މުސާރަ |
މަހަކު 8255.00 ރުފިޔާ (އަށްހާސް ދުއިސައްތަ ފަންސާސް ފަސް ރުފިޔާ) |
||||||||
|
މަޤާމުގެ އެލަވަންސް |
މަހަކު 2475.00 ރުފިޔާ (ދެހާސް ހަތަރުސަތޭކަ ހަތްދިހަފަސް ރުފިޔާ) |
||||||||
|
ޙާޟިރީ ޢިނާޔަތް |
65.00 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް) |
||||||||
|
އެހެނިހެން އެލަވަންސް |
|
||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
2. ލޭބަރރޫމް، ޑްރެސިންރޫމް، ވޯޑު ފަދަ ތަންތަނުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ކަންތަކުގައި ނަރުހުންނަށް އެހީތެރިވުން. 3. ލޭބަރރޫމް، ވޯޑު،ޑްރެސިންރޫމްފަދަ ތަންތަނުން ނައްތާލަންޖެހޭކުނި އިންސިނަރޭޓް ކުރުން 4. ކްލިނިކަލް އޭރިޔާ ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި ކްލިނިކަލް އޭރިޔާގެ ތެރޭގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީފަދަ ތަކެތި ފޮޅާ، ފޮހެ ސާފުކުރުން. 5. ޞިއްޙީމަރުކަޒުގެ ހުންނަ އެނދުތަކުގެ ތަންމަތި އެޅުމާއި. ތަންމަތި ބަދަލުކުރުމާއި، އެދުތައް ޑިސްއިންފެކްޓް ކުރުން. 6. ބަލިމީހުންނަށް ބޭނުންކުރާ އިކްއިޕްމެންޓްސްފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރައިލްކުރުން 7. ކްލިނިކް އޭރިޔާ އަދި އޮފީސް އިމާރާތް ސާފުކުރަން ހަމަޖެހިފައި އޮންނަ ގަޑިތަކުގައި ކުނިކަހާ ފެންފޮތިލައި ސާފުކުރުން. އަދި ޑަސްބިންތައް ނެގުމާއި އެތަކެތި ސާފުކުރުން. 8. ފާޚާނާތަކާއި ޔުޓިލިޓީ ކޮޓަރިއާއި ސިންކުތައް ސާފުކުރުން. 9. ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންކުރާ ސާމާނު ތަކާއި ސިންކުތައް ދޮވެސާފުކުރުން. 10. ޞިއްޙީމަރުކަޒުގެ އެކި ތަންތަނުން ހަޑިވާ ފޮތި، ބެޑްޝީޓް، ބާލީހުއުރަ އަދި ތުވާލި ފަދަ ތަކެތި ޑިއުޓީ ނިމުމުގެ ކުރިން ސާފުކޮށްދޮވެ އިސްތިރިކޮށް ވާރޑްތަކަށް ތަކެތި ހަމަކޮށްފައި ބެހެއްޓުން. 11. ޞިއްޙީމަރުކަޒުގެ އެކި ސެކްޝަންތަކަށް ބޭނުންވާ އެކި ވައްތަރުގެ ފޮއްޗާއި ގައުން ، ސްކްރަބް ފަދަ ތަކެތި ފެހުން. 12. ޞިއްޙީމަރުކަޒުގެ ބޭރާއި އެތެރޭގައިވާ އެމެހާ ދޮރުތަކާއި ކަބަޑު ފަދަ ތަންތަން ކަނޑައަޅާ އުސޫލެއްގެމަތިން ފޮހެސާފުކުރުން. 13. ޞިއްޙީ މަރުކަޒުގެ ގޯތިތެރެ ކުނިކަހާ ސާފުކުރުމާއި ބަގީޗާހެއްދުން. 14. ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
|
||||||||
|
މަޤާމުގެ ޝަރުތުތައް |
މަޤާމަށް ކަނޑައަޅާފައިވާ ޝަރުތު:
ނުވަތަ 1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް. ނެތް. މަޤާމްގެ ކޯ ޑިސިޕްލިންގ: ނެތް. މަޤާމްގެ ޕްރިފަރޑް ޑިސިޕްލިންގ: ނެތް.
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: - ކްލީނިންގ އެންޑް ލޯންޑްރީ - ފޮޅާ ސާފުކުރުން - ޕޭޝަންޓް ކެއަރ ސަރވިސް |
||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް |
https://www.csc.gov.mv/Announcement/ViewDownloads/4
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމްދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސަސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5. މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސާރވިސްގެ ތަޖްރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖްރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން. (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަންވާނެއެވެ.) (ބ) ދައުލަތުގެ އުވާލާފައިފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫޓްމަންޓް ޢުޞޫލުން ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް. |
|
||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 މޭ 2026 ގެ 13:00 ގެ ކުރިން، ބ.ކަމަދޫ ޞިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކުހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އައިޑީ ކާޑު ނަމްބަރުޖެހުމަށް ދަންނަވަމެވެ. |
||||||||
|
އިންޓަވިއު އަދި އެސެންމެންޓް އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް، އަދި އިންޓަރވިއު އޮންނާނީ 17 މޭ 2026 އާއި 11 ޖޫން 2026 އާއި ދެމެދު ބ. ކަމަދޫ ޞިއްޙީމަރުކަޒުގައެވެ. |
||||||||
|
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600744 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (ރެކްރޫޓްމަންޓް އުޞޫލު | Civil Service Commission Maldives (csc.gov.mv))އިން ލިބެން ހުންނާނެއެވެ. |
|||||||||
