މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ ވ. ވައްޓަރު ސަރަޙައްދުގެ ޒޯނޭޝަންއާއި އިތުރު ތަފްސީލު މުރާޖާޢާކުރުން
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 21 އޮކްޓޯބަރ 1999 ގައި މި މިނިސްޓްރީއިން ކޮށްފައިވާ ނަންބަރ 10-C/99/38 އިޢުލާނާ ހަވާލާދީ ޙިމާޔަތްކޮށްފައިވާ ވ. ވައްޓަރު ސަރަހައްދުގެ އިންތަކާއި މިންތައް އަދި އިތުރު ތަފްސީލު ތިރީގައިވާ ގޮތަށް 28 އެޕްރީލް 2026 އިން ފެށިގެން މުރާޖަޢާކޮށްފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
28 އޭޕްރިލް 2026
ހޯދާ
